
ކ.ތިލަފުށީގެ ދެކުނު ކޮޅުގައި މެދުތެރޭގައި އޮންނަ މި ބޯޓްޔާޑަކީ ފަޅުތެރެއިން ފަސޭހައިން ވަދެވޭ މި ބޯޓްޔާޑްގައި އެވްރެޖު ސައިޒުގެ 20 އުޅަނދު އެއްފަހަރާ އެހެލުމާއި، މަރާމާތުކުރުމުގެ ހިދުމަތް ދިނުމުގެ ގާބިލުކަން ލިބިގެންވެއެވެ.
ސާޅީސް އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާއާއެކު، ޔުނިވާސަލް ބޯޓްޔާޑުން ޚިދުމަތް ދެނީ ކަނޑު ދަތުރު ފަރުތާ ގުޅުންހުރި ހުރިހާ ދާއިރާއަކުންނެވެ. ކަނޑު އުޅަނދުފަހަރާ ގުޅުންހުރި ތަފާތު ޚިދުމަތްތައް އެއްތާކުން ލިބޭނެ އެއްތަނަކީ ތިލަފުށީގައި ގާއިމްކޮށްފައިވާ ޔުނިވާސަލް ބޯޓްޔާޑެވެ.
ޑައިވިން އަދި އެކްސްކާޝަންސް ދޯނި ހެދުމާއި، ޕެސެންޖަރުން އުފުލާ ސްޕީޑު ލޯންޗުތައް ފަރުމާކޮށް ބަނުމުގެ ހިދުމަތަށް އަހުލުވެރި ޔުނިވާސަލް ބޯޓްޔާޑް ގެ ހާއްސަ ޓީމަކީ، ރާއްޖޭގައި ވެސް އަދި ބައިނަލްއަގުވާމީ ގޮތުންވެސް، އޮޑި ދޯނިފަހަރު ބަނދެ މަރާމާތުކޮށް ހެދުމާއި، އެފަދަ ގިނަ ކަންތައްތަކުގެ އިލްމާއި ހުނަރުހުރި ގާބިލް ޓީމެކެވެ.
ޔުނިވާސަލް ބޯޓްޔާޑްގެ މަސައްކަތްތަކުގެ ތެރެއިން.-
ޔުނިވާސަލް ބޯޓްޔާޑުން ތިޔަބޭފުޅުންގެ ހާއްސަ ބޭނުންތަކަށް ހާއްސަކޮށްގެން ބޭނުންފުޅުގޮތަކަށް، ފައިބަރގްލާސް ފެބްރިކޭޝަން މަސައްކަތްތައް ކަސްޓަމް ޑިޒައިން ކޮށްދިނުމާއި، ކޮންސަލްޓޭޝަން އިން ފެށިގެން ބޯޓު ބިލްޑިންގ އާއި ހަމައަށް ހިދުމަތް ދެމުން އަންނައިރު، އުޅަނދުތައް މަރާމާތުކޮށް ރީފިޓް ކޮށްދިނުން ވެސް ހިމެނެއެވެ. މިހުރިހާ މަސައްކަތަކަށްވެސް ބޭނުން ކުރާ ރޯމެޓީރިއަލް އަކީ "ލޮއިޑް" އެޕްރޫވް (ފައިބަރ) ރޭންޖް ގެ މެޓީރިއަލް ކަންވެސް ފާހަގަ ކޮށްލެވެއެވެ.
އަދި މީގެއިތުރުން، ބޯޓު ޓްރައިއަލްސް މެނޭޖްކުރުމާއި، އިންޝުއަރެންސް އަށް އުޅަނދުފަހަރުގެ ސާރވޭތަކާއި މޯގޭޖް ވެލިއުއޭޝަންތައް ހެދުމުގެ އިތުރުން، އުޅަނދުގެ ސުޕަރ ސްޓްރަކްޗަރ ރީޑިޒައިންކޮށް، މޫދު ނުވަތަ ކަނޑުގައި އުޅަނދު ހަރަކާތްތެރިވާ ހަރަކާތްތެރިވުމާއެކު އެ އުޅަނދެއްގެ ގާބިލުކަން ހުންނަ މިންވަރު ދައްކުވައިދިނުން ވެސް ޔުނިވާސަލް ބޯޓްޔާޑުން ދެމުން އަންނަ ހިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ.
ޔުނިވާސަލް ބޯޓްޔާޑްގެ މަސައްކަތްތަކުގެ ތެރެއިން.-
އަދި އޮޑިފަހަރުގެ އެންމެހާ އޮޕަރޭޝަންތަކެއް އޮމާންކަމާއި، އިތުބާރުހުރި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ އިތުރުން، އުޅަނދުތަކުގެ އިންޖީނު ޓްރަބަލްޝޫޓް، ޕްރީ ޑިއަގްނޯސްޓް، އަދި މޭޖަރ އޯވަހޯލް އަދި އާފްޓަރ ސާވިސް މަސައްކަތް ވެސް އެ މަސައްކަތަށް އެކަށޭނަ ގާބިލް މާހިރުންގެ ފުށުން ޔުނިވާސަލް ބޯޓްޔާޑްގައި ލިބިގެންދާނެއެވެ.
އެގޮތުން މުޅިން އާ މަޝްރޫއެއް ފައްޓަވަން ނަމަވެސް، ނުވަތަ މިހާރު ހުރި އުޅަނދެއް އަޕްގްރޭޑް ކުރައްވާ ނަމަވެސް، އަދި ޕްރޮފެޝަނަލް މަރާމާތުގެ ހިދުމަތްތައް ހޯއްދެވުމަށް ބޭނުންފުޅު ވިޔަސް، ޔުނިވާސަލް ބޯޓްޔާޑު ޚިޔާރު ކުރެވިދާނެއެވެ. ޔުނިވާސަލް ބޯޓްޔާޑުން ދެމުން އަންނަ ކޮންމެ ހިދުމަތެއްގައި އެންމެ އިސްކަންދެނީ ކުޅަދާނަކަމާއެކު ބިނާކުރަނިވި ކުރިއެރުންތައް ލިއްބައިދީ، ކޮލިޓީއާއެކު ކަސްޓަމަރުންގެ ހިތްހަމަޖެހުމަށެވެ.
ޔުނިވާސަލް ބޯޓްޔާޑްގައި ޒަމާނީ އާލާތްތަކާއި ކުޅަދާނަކަން އަދި، ކަމާގުޅުންހުރި އެންމެ ފަހުގެ ޓެކްނޮލޮޖީ މެދުވެރިކޮށް އިތުބާރާއި، ރައްކާތެރިކަމާއި، މަސައްކަތުގެ ކޮލިޓީއާ އެކު އެންމެހާ ހިދުމަތްތަކެއް ވެސް ދެމުން އަންނަކަން ފާހަގަ ކޮށްލެވެ އެވެ. އިތުރު މައުލޫމާތު ޔުނިވާސަލް ބޯޓްޔާޑްގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެ އެވެ.




