"އުރީދޫ ފަން ރަން މިއުޒިކް ޝޯ" މިމަހުގެ 18 ވަނަ ދުވަހުގެރޭ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި
"އުރީދޫ ފަން ރަން މިއުޒިކް ޝޯ" މަޝްހޫރު ފަންނާނުންނާ އެކު މިމަހު 18ގައި
ފިޔެސް 9 ޑިސެމްބަރ 2025 (އަންގާރަ)   09:14
"އުރީދޫ ފަން ރަން މިއުޒިކް ޝޯ" މަޝްހޫރު އެތައް ފަންނާނުންނާ އެކުގައި މިމަހު 18 ވަނަ ދުވަހު ރޭ ބޭއްވުމަށް ނިންމައިފިއެވެ.

އުރީދޫއިން ބުނީ، މި މިއުޒިކް ޝޯ އަކީ އުރީދޫ ފަން ރަން ފެސްޓިވަލްގެ ތެރެއިން ބާއްވާ ޝޯއެއް ކަމަށާ، މިފަހަރުގެ ޝޯ، އާންމުންނަށް ހުޅުވާލެވިފައިވާއިރު، ރާއްޖޭގެ އެންމެ ހުނަރުވެރި އަދި އެންމެ މަޝްހޫރު ބޭންޑުތައް މި ޝޯއިން ފެނިގެންދާނެ ކަމަށެވެ.

އޭގެ ތެރޭގައި ޓްރެފިކްޖޭމް، އިކުއެޓިކްސް ވައިބު، ހަބޭސް އަދި ސިމްބޮލިކް ރެކޯޑް ހިމެނޭއިރު، މި ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި، މިމަހުގެ 18 ވަނަ ދުވަހުގެރޭ 8:00 އިން 11:59އަށް ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ފަން ރަން މިމަހުގެ 19 ވަނަ ދުވަހު ބާއްވާއިރު، އެ ހަރަކާތަކީ ހަމައެކަނި ދުވުމެއް ނޫންކަމަށާއި، މިއީ މުޖުތަމައުގެ ދުޅަހެޔޮކަމާއި، އުފާވެރިކަން ދައްކުވައިދޭ ހަރަކާތެއްކަމުން، ފަން ރަން މިއުޒިކް ޝޯ ވެސް ވެގެންދާނީ، ފަންރަންގެ ބައިވެރިންނަށާއި އާއިލާތަކަށާއި މިއުޒިކަށް ލޯބި ކުރާ އެންމެންނަށް ވެސް ހިތްގައިމު މާހައުލަކަށް ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.

މި ހަރަކާތުގެ އަމާޒަކީ، އެންމެން އެއްތަނަކަށް އެއްކޮށް، ހަރަކާތްތެރި ދިރިއުޅުމަކަށް ހިތްވަރު ދިނުމާއެކު، ދިވެހި ހުނަރުވެރިންގެ ހުނަރު ދައްކާލުމަށް ހިތްވަރު ދިނުންކަމަށްވެސް އުރިދޫއިން ބުނެއެވެ.

ކޮމެންޓް