
މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ޒުވާނުން ހިމެނޭހެން އެކި އުމުރުފުރާއިން ޖުމްލަ 7،000 އަށްވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ.
މި ދުވުން ޚާއްސަ ވަނީ މި ދުވުމުގައި އެކި އުމުރުގެ މީހުންނަށް ޚާއްސަ މަޖާ ކަންކަން ހިމެނޭތީއެވެ. އޭގެ ތެރޭ ކުލަ ޖެހުމާއި، ފެންޖެހުމާއި، އެ ނޫން ވެސް ފޯރި އާއި މަޖަލުގެ ހަރަކާތްތައް ހިމެނެއެވެ.
އުރީދޫ ފަން ރަން ހަރަކާތް ކޮންމެ ފަހަރަކުވެސް ފަށަނީ އުރީދޫގެ އިސްވެރިންނާއި، ދުވުމުގައި ބައިވެރިވާ ޚާއްސަ މެހުމާނުން ހިމެނޭ ސެލްފީއަކުންނެވެ. އެގޮތުން މި ދުވުން ފެށުމަށް، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ނެންގެވި ސެލްފީގައި، ހޯމް ލޭންޑް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނާއި ސްޕޯޓްސް މިނިސްޓަރު އަލީ ރާފިއުގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ އަދި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން ބައިވެރިވެވަޑައިގަތެވެ.
ފަން ރަން ފެށުމުގެ ކުރިން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ސެލްފީއެއް ނަންގަވަނީ.-- ފޮޓޯ: އުރީދޫ
ދުވުން ފެށުމުގެ ކުރިން ޒުންބާގެ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމުގެ އިތުރުން، މަކާއޯ ދޫނިތައް ގެންގުޅޭ ފަރާތްތަކުން އެ މީހުންގެ ދޫނިތައް ވެސް އެ ސަރަހައްދަށް އުދުއްސާލާފައި ވެއެވެ.
ފަން ރަންގެ ބައިވެރިންނަށް ހާއްސަކޮށްގެން، ފިޓްސް އެއާ އަދި ބޫޓްރޫމާ ގުޅިގެން އަގުހުރި އިނާމުތަކެއް ލިބޭ ލަކީޑްރޯއެއް ވެސް ކުރިއަށްގެންދިޔަ އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުން ފެށި މި ދުވުން ފޭސް އެކަކާއި ދޭއްގެ މަގުތަކުން ވެސް ކުރިއަށް ގެންދިޔައިރު، އެކި ހިސާބުތަކުން ކުލަޖެހުން އޮތެވެ. އަދި މި ފަހަރުގެ ދުވުމުގައި ވެސް އުރީދޫން ވަނީ އޮބްސްޓެކަލް ސްޓޭޝަންތައް ބަހައްޓައިފައެވެ. މި އޮބްސްޓެކަލް ސްޓޭޝަންތައް މަތިން ކުޑަކުދިންނާއި ޒުވާނުން ދިޔައިރު މިކަން ވީ ވަރަށް ގިނަ ބަޔަކަށް ވަރަށް ބޮޑު މަޖަލަކަށެވެ.
މީގެއިތުރުން ފަން ރަންގެ ދުވުން ނިންމި މީހުންނަށް ހާއްސަ މެޑަލްއެއް އުރީދޫއިން ދިނެވެ.
ފަން ރަންއާ ގުޅުވައި އުރީދޫއިން އިއްޔެ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއް އަދި އެ ރޭ މިއުޒިކް ޝޯއެއް ވެސް ބޭއްވި އެވެ. އެ ޝޯގައި ރާއްޖޭގެ މަޝްހޫރު ބޭންޑުތައް ކަމަށްވާ ޓްރެފިކް ޖޭމް، ސިމްބޮލިކް ރެކޯޑްސް އަދި ހަބޭސް ބޮޑުބެރު ބައިވެރިވި އެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައިދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އެންމެން އެއްތަނަކަށް އެއްކޮށް، އުފާވެރި ވަގުތުތަކަކާއެކު، ހަރަކާތްތެރި ދިރިއުޅުމަކަށް ހިތްވަރު ދިނުމަކީވެސް އުރީދޫ އިން ފަން ރަން ބޭއްވުމުގެ މަގުސަދެކެވެ.




