
މިއަދު މެންދުރުފަހު 14:45 ހާއިރު ހިނގި މި ހާދިސާއާ ގުޅިގެން ފޮނަދޫ ފިޔަވައި ގުޅިފައިވާ ރަށްތަކުން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފައިކަމަށް މައުލޫމާތު ލިބެއެވެ.
އެހެންކަމުން އުރީދޫ އިން ގަމު މަތިމަރަދޫ އަވަށުގައި ހުންނަ އުރީދޫ ޓަވަރުގެ ބެކަޕް ޖަނަރޭޓަރު މެދުވެރިކޮށް ގަމު ރައްޔިތުންގެ ފޯނާއި އެނޫންވެސް މުހިންމު އާލާތްތައް ޗާޖްކުރެވޭނެ އިންތިޒާމު އެމްއެންޔޫ ކޮލެޖް ސަރަހައްދުގައި ގާއިމުކޮށްފައިވާ ޗާޖިން ސްޓޭޝަން މެދުވެރިކޮށް ހުރިހާ ފަރާތްތަކަށް ވެސް ވަނީ ފޯރުކޮށްދީފައިކަމަށް އުރީދޫއިން ހާމަކުރެއެވެ.
ފެނަކައިން ބުނީ މިއަދު ހިނގި އެ ހާދިސާގައި ގެއްލުންވެފައިވަނީ ކަރަންޓް ދިނުމަށް ބޭނުންކުރާ 5 އިންޖީނުގެ ތެރެއިން އެންމެ އިންޖީނަކަށް ކަަމަށާ، އަދި މިހާތަނަށް ކަރަންޓްގެ ހިދުމަތް ނުދެވުނު ނަމަވެސްފެނުގެ ހިދުމަތް ދޭން މިހާރު ފަށާފައިވާ ކަމަށެވެ.
އަދި މިރޭގެ ވަގުތެއްގައި ކަރަންޓްގެ ހިދުމަތް ދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވެސް ފެނަކައިން ވަނީ މީޑިއާގައި ބުނެފައެވެ.




