އުރީދޫ މޯލްޑިވްސްގެ މައި އޮފީސް އިމާރާތް - ފޮޓޯ: އުރީދޫ
އާ އަހަރަށް އުރީދޫގެ ހާއްސަ އޮފާތަކެއް
މަރްޔަމް މުޙައްމަދު 28 ޑިސެމްބަރ 2025 (އާދީއްތަ)   21:45
މި ފެށޭ 2026 ވަނަ އަހަރާ ގުޅުވައިގެން، ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ. މި އޮފާތަކުގެ ތެރޭގައި ހާއްސަ ޕްރީޕެއިޑް ޕްލޭންތަކާއި، ސޯޝަލް މީޑިއާ ބަންޑަލްތަކުގެ އިތުރުން ޑޭޓާ ޑީލްތައް ވެސް ހިމެނޭ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫއިން މީޑިއާއަށް ދިން މައުލޫމާތެއްގައި ބުނީ، އުރީދޫގެ މި އޮފާތަކުގެ އަމާޒަކީ، މި ފެށޭ އާ އަހަރު ވެސް މުވާސަލާތީ ވަސީލަތްތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ގުޅުންތައް ބަދަހިކޮށްދީ، އާ އަހަރުގެ އުފާފާޅުކުރުންތަކުގެ ތެރޭގައި ކަސްޓަމަރުން މެދުނުކެނޑި ގުޅިފައި ތިބުމަށް މަގުފަހިކޮށްދިނުން ކަމަށާ، އެންމެހާ ކަސްޓަމަރުންގެ އެއްބައިވަންތަކަން ހިނިތުންވުމާއެކުގައި އާ އަހަރު ފެނިގެންދިޔުން ކަމަށެވެ.

އާ އަހަރުގެ ހާއްސަ ޕްރީޕެއިޑް ޕެކްތައް:

އާ އަހަރަށް ހާއްސަކޮށްގެން އުރީދޫއިން ވަނީ "ޕްރީޕެއިޑް ނިއު އިޔަރ ޕެކް" ތައާރަފުކޮށްފައެވެ. މި ޕެކޭޖުގެ ދަށުން 26 ރުފިޔާއަށް 1.5 ޖީބީ ޑޭޓާ އާއި 26 ލޯކަލް މިނިޓް 3 ދުވަހުގެ މުއްދަތަށް ލިބޭނެއެވެ. މިއީ އާ އަހަރުގެ ބަންދުގައި ދަތުރުފަތުރުކުރާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ޕެކަކަށް ވާނެއެވެ.

މީގެ އިތުރުން، ދިގު މުއްދަތަށް ބޭނުންކުރެވޭ އާޗާ ޕްރީޕެއިޑް ޕްލޭންތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި 2026 ރުފިޔާއަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ޖުމްލަ 730 ޖީބީ ލިބޭ ޕްލޭނަކާއި، ހަ މަސް ދުވަހަށް ދުވާލަކު 5.5 ޖީބީ ލިބޭ ޕްލޭނެއް ހިމެނެއެވެ. އަދި ތިން މަސް ދުވަހަށް ދުވާލަކު 3 ޖީބީ ލިބޭ ޕްލޭނެއް 1100 ރުފިޔާއަށް ލިބެން ހުންނާނެއެވެ. މި ހުރިހާ ޕްލޭންތަކެއްގައި ވެސް އަންލިމިޓެޑް އުރީދޫ ކޯލްތަކާއި، ޓިކްޓޮކް، އައިއެމްއޯ އަދި ވައިބަރ އަށް ހާއްސަ ޑޭޓާ ހިމެނެއެވެ.

ސޯޝަލް މީޑިއާ އަދި ޓިކްޓޮކް ސުޕަޑީލް:

ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކަށް އެންމެ 25 ރުފިޔާއަށް އެއް ދުވަހުގެ މުއްދަތަށް “އަންލިމިޓެޑް ސޯޝަލް ޑޭޓާ ޕެކް” އެއް ވަނީ ތައާރަފުކޮށްފައެވެ. އަދި ޓިކްޓޮކް ބޭނުންކުރާ ކަސްޓަމަރުންނަށް 28 ދުވަހުގެ މުއްދަތަށް 5 ޖީބީގެ ޓިކްޓޮކް ޑޭޓާ ހިލޭ ލިބޭނެއެވެ. މި އޮފަރ ރިޑީމް ކުރެވޭނީ އުރީދޫ ސުޕަރއެޕްގެ ސުޕަޑީލް ސެކްޝަން މެދުވެރިކޮށެވެ.

އުރީދޫ އެޕް މެދުވެރިކޮށް މި ޕެކޭޖްތައް ފަސޭހަކަމާއެކު އެކްޓިވޭޓް ކުރެވޭ އިރު، އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް މި ހުރިހާ އޮފާތަކެއް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް