
މެސީ އެ ސްޓޭޑިއަމަށް އައިސް ދަނޑުގެ ވަށައިގެން ހިނގާލައި ސަޕޯޓަރުންނާ އެކު ވަގުތު ހޭދަކޮށްލުމަށް ރާވާފައި ވީނަމަވެސްު ސްޓޭޑިއަމުގައި މެސީ ހޭދަކުރި ވަގުތު ތަކުގައި އޭނާއާ އެކު ވީއައިޕީން ފޮޓޯ ނަގަން އުޅުމުން ސަޕޯޓަރުންނަށް އޭނާ ފެންނަ ގޮތް ނުވުމުން މައްސަލަ ހޫނުވާން ފެށިއެވެ..
އެހެންކަމުން ބައެއް ސަޕޯޓަރުން ވަނީ ދަނޑަށް ގޮނޑިތަކާއި ދަޅާއި ފުޅިފަދަ ތަކެތި އުކާ ވަރަށް ބޮޑަށް ސްޓޭޑިއަމަށް ގެއްލުންދީފައެވެ.
ސަޕޯޓަރުން ގޮވަމުން ދިޔައީ އެމީހުން ބޮޑު އަގުގައި ގަތް ޓިކެޓުގައި ދަނޑަށް ވަނުމުން ވެސް މެސީ ހަމަލޮލަށް ވެސް ނުފެނި ދިޔައީ އެކަން އިންތިޒާމުކުރި މީހުންގެ ސަބަބުން ކަމަށެވެ.
އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ މިއީ އަމިއްލަ ފަރާތުން އިންތިޒާމުކުރި އިވެންޓެއް ކަމަށާ، މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެ ފެޑެރޭޝަނަށް ނާންގާ ކަމަށެވެ.
ހަތަރު ދުވަހުގެ މި ދަތުރުގައި މެސީ ވަނީ ކަލްކަތާގައި އޭނާގެ 70 ފޫޓުގެ ބޮޑު މޮނިއުމެންޓެއް ވެސް އިފްތިތާހުކޮށްފައި ކަމަށް ވާއިރު، ކަލްކަތާ އަކީ އިންޑިއާގައި ފުޓްބޯޅައިގެ ސަޕޯޓް އެންމެ ބޮޑުސިޓީއެވެ.




