
މި ދެތަރިން ބައްދަލުކުރީ، މެސީ މިހާރު އިންޑިއާއަށް ކުރަމުންގެންދާ ދަތުރުގެތެރެއިން، އިންޑިއާގެ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ކުރިޔަށް ގެންދިޔަ ގޯޓް އިންޑިއާ ޓުއާގެ ތެރެއިންނެވެ.
މި ޓުއާގެ ތެރޭގައި މި ދެތަރީން ވަނީ ބައްދަލުކޮށް ފޮޓޯނަގައި އެކުގައި ވަގުތުކޮޅެއް ހޭދަކޮށްފައެވެ. އަދި ޝާރުކްހާންގެ ދަރިފުޅު އަބްރާމްހާން ވެސް މި ދައްދަލުކުރުމުގައި ބައިވެރިވެ މެސީއާ އެކުގައި ފޮޓޯނަގާފައި ވެއެވެ.
މީގެ އިތުރުން، އިއްޔެ މެސީ އާ ބައްދަލުކުރުމަށް އިންޑިއާގެ ކަލްކަތާގެ ސްޓޭޑިއަމަށް ދިޔަ ސަޕޯޓަރުންނަށް، މެސީއާ ބައްދަލުކުރުމަށް ހަމަހަމަ ފުރުސަތު ނުލިބުނު ކަމަށް ބުނެ، ގިނަ ސަޕޯޓަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިންގާފައި ވެއެވެ.
މެސީ އެ ސްޓޭޑިއަމަށް އައިސް ދަނޑުގެ ވަށައިގެން ހިނގާލައި ސަޕޯޓަރުންނާ އެކު ވަގުތު ހޭދަކޮށްލުމަށް ރާވާފައި ވީނަމަވެސްު ސްޓޭޑިއަމުގައި މެސީ ހޭދަކުރި ވަގުތު ތަކުގައި އޭނާއާ އެކު ވީއައިޕީން ފޮޓޯ ނަގަން އުޅުމުން ސަޕޯޓަރުންނަށް އޭނާ ފެންނަ ގޮތް ނުވުމުން މައްސަލަ ހޫނުވާން ފެށިއެވެ.
އެހެންކަމުން ބައެއް ސަޕޯޓަރުން ވަނީ ދަނޑަށް ގޮނޑިތަކާއި ދަޅާއި ފުޅިފަދަ ތަކެތި އުކާ ވަރަށް ބޮޑަށް ސްޓޭޑިއަމަށް ގެއްލުން ވެސް ދީފައެވެ.
ސަޕޯޓަރުން ގޮވަމުން ދިޔައީ އެމީހުން ބޮޑު އަގުގައި ގަތް ޓިކެޓުގައި ދަނޑަށް ވަނުމުން ވެސް މެސީ ހަމަލޮލަށް ވެސް ނުފެނި ދިޔައީ އެކަން އިންތިޒާމުކުރި މީހުންގެ ސަބަބުން ކަމަށެވެ.
އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ މިއީ އަމިއްލަ ފަރާތުން އިންތިޒާމުކުރި އިވެންޓެއް ކަމަށާ، މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެ ފެޑެރޭޝަނަށް އަންގާފައި ނުވާކަމަށެވެ..
ހަތަރު ދުވަހުގެ މި ދަތުރުގައި މެސީ ވަނީ ކަލްކަތާގައި އޭނާގެ 70 ފޫޓުގެ ބޮޑު މޮނިއުމެންޓެއް ވެސް އިފްތިތާހުކޮށްފައި ކަމަށް ވާއިރު، ކަލްކަތާ އަކީ އިންޑިއާގައި ފުޓްބޯޅައިގެ ސަޕޯޓް އެންމެ ބޮޑުސިޓީއެވެ.




