އުޑުމަތި ބަނަ ދުވަހެއް، ހުޅުމާލެ - ފޮޓޯ: ފިޔެސް
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފި
ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ސަރަހައްދަށް
މަރްޔަމް މުޙައްމަދު 18 ޑިސެމްބަރ 2025 (ބުރާސްފަތި)   10:33
މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީސް (މޫސުމާބެހޭ ގައުމީ އިދާރާ) އިން ލަފާކޮށް ނ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލެއް ނެރެފިއެވެ.

މެޓުން ބުނެފައިވަނީ މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 7:00 އިން ފެށިގެން މެންދުރު 13:00 އާއި ހަމައަށް ކަމަށާ، އެ ސަރަހައްދުތަކުގައި ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކާއި ފެރީ އޮޕަރޭޓަރުންނާއި ދަތުރުވެރިން، މޫސުން ގަދަވަގުތުތަކުގައި ކަނޑުދަތުރު ނުކުރުމަށް  ވެސް މެޓުން އިލްތިމާސްކުރެއެވެ.

ކޮންމެހެން ދަތުރުކުރަންޖެހޭ ނަމަ މޫސުމާބެހޭ ފަހުގެ މައުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ހަމަކުރުމަށް ވަނީ އަންގާފައެވެ.

އުދައިގެ އަސަރު ކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާ، ވާރޭވެހޭއިރު މަގުމަތި ތެމުމުން ކަހާލާފަދަ ކަމެއް ދިމާވެދާނެތީ ވެސް ސަމާލުވުމަށް މެޓުން އެދެއެވެ.

ކޮމެންޓް