
މެޓް އޮފީހުން މިއަދު އެންމެފުރަތަމަ ވައިޓް އެލާޓް ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ. އެހެން ނަމަވެސް މިއަދު ހެނދުނު 10 ޖެހުމާ ހަމައަށް މި އެލާޓް ނެރެފައިވީ ނަމަވެސް މިހާރު މިވަނީ އެލާޓް އިތުރަށް ފުޅާވެ، މިއަދުގެ 10:00 އިން ފެށިގެން 16:00 އަށް ތ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
މި ދުވަސްވަރަކީ، މި ބައްރުގެ ބޮޑު ހިސާބަކަށް މޫސުން ގޯސް ވުމުގެ ސަބަބުން ވައިނުސާފުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކުގައި ބޭރަށް ނުކުތުން މަދުކުރަންޖެހޭ ދުވަސްވަރެއް ކަމަށް ވެސް މެޓްއޮފީހުން މިފަހުން ވަނީ އިލްތިމާސްކޮށްފައެވެ.




