
އުމުރުން 32 އަހަރުގެ ޝަރީފް އުޘްމާން ހާދީއަކީ، 2024 ވަނަ އަހަރުގެ އޮގަސްޓު، މަހު ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ސަރުކާރު ވެއްޓުމުގައި މެދުވެރިވި ޒުވާނުންގެ މުޒާހަރާގައި އިސް ދައުރެއް އަދާކޮށްފައިވާ މުހިންމު ޝަހްސިއްޔަތެކެވެ. ހަސީނާގެ ސަރުކާރު ވެއްޓުނީ، އޭނާގެ ސަރުކާރާ ދެކޮޅަށް ޒުވާނުން އިސްވެ، ވަރުގަދަ މުޒާހަރާތަކެއް ކުރުމާ ގުޅިގެންނެވެ.
އެ މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ނަމުގައި ފުލުހުން ނެރެ، މުޒާހަރާގެ ބައިވެރިންނަށް ހަމަލާ ދިނުމުގެ ސަބަބުން، ހަމަނުޖެހުމުގެ ތެރެއިން 1,400 އަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު، ހާދީއަކީ އެ މުޒާހަރާތައް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ.
ކުރިއަށް އޮތް އާންމު އިންތިހާބުގައި ވާދަކުރުމަށް އޭނާގެ ކެމްޕޭން އިއުލާނު ކުރުމަށް ބޭއްވި ހަފުލާއެއްގައި، ހާދީއަށް ދިން ބަޑީގެ ހަމަލާއަށް ފަހު، އިތުރު ފަރުވާ ދިނުމަށް އޭނާ ސިންގަޕޫރަށް ގެންދެވުނު ނަމަވެސް، ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވިއެވެ.
ބަންގްލަދޭޝްގެ އާންމު އިންތިހާބު ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ފެބުރުވަރީ މަހުުގެ 12 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި ހަސީނާގެ އަވާމީ ލީގު ޕާޓީއަށް ވާދަކުރުމުގެ ފުރުސަތެއް ނޯންނާނެކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ.




