
އެގޮތުން ފެށި މުޒާހަރާތައް ވަަރށް ބޮޑަށް ހޫނުވެ، އެ ގައުމުގެ ސަރުކާރު ބަންދު ކަމުގައި ބުދަ ދުވަހުން ފެށިގެން ކަނޑައަޅާފައިވާ ކަމަށް ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އަދި އިއްޔެ އެ ގައުމުގެ ދެކުނުގެ ޕްރޮވިންސެއްގައި ހުންނަ ސަރުކާރުގެ އިދާރާއަކަށް ވެސް މުޒާހަރާގެ ބައިވެރިން ވަންނަން މަސައްކަތް ކޮށް އެ ސަރަހައްދުގައި ވެސް އަމަން ބަލަހައްޓާ މީހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ވެސް މީޑިއާތަކުން ބުނެއެވެ.
ތެހެރާންގައި މުޒާހަރާތައް ފެށުނު ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް މިހާރު ވަރަށް ބޮޑަށް ވަރުގަދަކޮށްފައި ވާއިރު، އެ ގައުމުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން އާ ހަވާލާދީ މީޑިއާ ރިޕޯތުތައް ބުނަނީ، މުޒާހަރާގެ ބައިވެރިންގެ "ޑިމާންޑްތަކަށް" ސަރުކާރުން ސަމާލުކަން ދޭނެ ކަމަށާ، ނަމަވެސް، ގައުމުގެ ހަމަޖެހުން ނަގާލަން ކުރާ ކޮންމެ މަސައްކަތަކަށް ވަރުގަދައަށް ރައްދު ދޭނެ ކަމަށެވެ.
އެމެރިކާ ޑޮލަރާ އަޅާބަލާއިރު އީރާނުގެ ފައިސާގެ އަގު ވަރަށް ބޮޑަށް ވެއްޓުމާ ގުޅިގެން، ފުރަތަމަ ތެހެރާންގަައި މުޒާހަރާތައް ފެށުނީ މިދިޔަ އާދީއްތަ ދުވަހު ތެހެރާންގައެވެ. މުޒާހަރާތަކުގެ އަޑީގައި ތިބީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރި ވިޔަފާރިވެރިންކަމަށް ވީނަމަވެސް މިހާރު ޔުނިވަރސިޓީތަކުގެ ދަރިވަރުން ވެސް އިހުތިޖާޖު ގައި ވަނީ ފުރިހަމައަށް ބައިވެރިވެފައެވެ.




