އިސްމާއީލް ޝަރީފް.-- ފޮޓޯ: ދަ އެރައިވަލް
ބޯޓިން އެސޯސިއޭޝަންގެ ރައީސަކަށް އިސްމާއީލް ޝަރީފް
20 ޑިސެމްބަރ 2025 (ހޮނިހިރު)   21:49
ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެންބީއޭއެމް)ގެ ރައީސްގެ މަގާމަށް، އަލްޝާލީ މެރިން މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ އިސްމާއީލް ޝަރީފް މިއަދު އިންތިހާބު ކޮށްފި އެވެ.

އިސްމާއީލް ޝަރީފަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާގެ ތަޖުރިބާކާރެކެވެ. އެ ސިނާއަތުގައި 25 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާއިރު، 2011 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރައްވަނީ އަލްޝާލީ މެރިން ގައެވެ. ފެންވަރު ރަނގަޅު އޮޑިދޯނިފަހަރު ބަންނަ އަލް ޝާލީ މެރިންގެ ޖީއެމްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ ކުންފުންޏަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފައިބަރު ލޯންޗާއި ދޯނި ފަހަރު ބަނުމުގެ ހިދުމަތް ދޭ އަދި ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވާ ކުންފުންޏަކަށް ޝަރީފު ހެއްދެވިއެވެ.

އެންބީއޭއެމް ގެ އަހަރީ އާންމު ޖަލްސާގައި ވަނީ ރައީސް ކަމުގެ އިތުރުން އެ ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑު މެންބަރުން ވެސް އައްޔަންކޮށްފަ އެވެ.

އެ އެސޯސިއޭޝަންގެ ނައިބު ރައީސަކަށް ހޮވާފައި ވަނީ މުނި ގްރޫޕްގެ މުޙައްމަދު އީމާން އެވެ. އަދި ޚަޒާންދާރަކަށް ހޮވާފައިވަނީ ނޫ ރަނި ޓްރެވަލްސްގެ އަހުމަދު އިބްރާހީމް އެވެ.

ބޯޓިން އެސޯސިއޭޝަން ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ:

  1. އަބްދުﷲ ނަޝީދު (ޓޮމާ)، މާސޭލިއާ މޯލްޑިވްސް
  2. އާދިލް ރަޝީދު، އައިލެންޑް އިންސްޓިޓިއުޓް ޓާޝަރީ އެޑިއުކޭޝަން
  3. އަހުމަދު އަފްރާހު، ކެނޯޕަސް މޯލްޑިވްސް
  4. އަޙްމަދު ޒުބައިރު އާދަމް، ބްލޫ ހޮރައިޒަން
  5. އާމިރު މަންސޫރު، ކާޕޭޑިއަމް މޯލްޑިވްސް
  6. ހުސައިން އަމާން، ދަ ހޯކްސް
  7. އިބްރާހީމް ޝާހިދު، ބްލޫ ކޭ ސަފާރީ
  8. އިސްމާއީލް ހަމީދު، ހައިރައިޒް
  9. މަރްޔަމް މާއިޝާ، މޯލްޑިވްސް ޕަބްލިކޭޝަންސް
ކޮމެންޓް