ލޯންޗްގައި އަލިފާން ރޯވެފައިވާއިރު މާފުށި ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ނިއްވަން މަސައްކަތްކުރަނީ.-- ފޮޓޯ: އެމްއެންޑީއެފް
މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
ފިޔެސް 25 ޑިސެމްބަރ 2025 (ބުރާސްފަތި)   11:47
ކ.މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ ވަރަށްބޮޑަށް އަނދައިފި އެވެ.

އެމްޑީއެފުން މިއަދު މައުލޫމާތު ދިން ގޮތުގައި މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މާފުށި ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު 10:12 ހާއިރު އެވެ.

އެވަގުތުން ފެށިގެން އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 10:20 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ލޯންޗްގައި ވަރަށް ބޮޑަށް އަލިފާން ހިފާފައިހުރިއިރު، އަލިފާން ނިއްވާލިއިރު ވަނީ ލޯންޗް ވަރަށްބޮޑަށް އަނދާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ލޯންޗްގައި އަލިފާން ރޯވާން ދިމާވި ސަބަބެއް މިހާތަނަށް އަދި ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް