ބިދޭސީން ހިންގާ ވިޔަފާރިތައް އިމިގްރޭޝަނުން ބަލާ ފާސްކުރަނީ - ފޮޓޯ: އިމިގްރޭޝަން
ބިދޭސީން ހިންގާ ވިޔަފާރިތަކުގެތެރެއިން ބަންދުކުރި ބައެއް ތަންތަން ހުޅުވުމުގެ ހުއްދަ ދީފި
މަރްޔަމް މުޙައްމަދު 27 ޑިސެމްބަރ 2025 (ހޮނިހިރު)   15:31
ބިދޭސީން ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހޯދައި ފިޔަވަޅު އެޅުމަށް ސަރުކާރުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ބަންދުކުރި 66 ތަނުގެ ތެރޭގައި ހިމެނޭ 22 ވިޔަފާރިއެއް އަލުން ހުޅުވާ ހިންގުމުގެ ހުއްދަ ދީފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ލިބުނު 307 ޝަކުވާއާ ގުޅިގެން 153 ތަނެއް ބަލައިފާސްކޮށް، އޭގެ ތެރެއިން 66 ތަނެއް ވަނީ ބަންދުކޮށްފައި ވެއެވެ.

އަދި މީގެ ތެރެއިން 46 ތަނެއް ބަންދުކުރީ އެ މިނިސްޓްރީގެ ގާނޫނުތަކާ ހިލާފުވެގެން ކަމަށާ، ބާކީ 20 ތަން ބަންދުކުރީ އެހެނިހެން ގާނޫނުތަކާ ވެސް ހިިލާފުވެގެން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އަދި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނާއި އެޗްޕީއޭ އަދި އެމްއެފްޑީއޭގެ ގަވާއިދުތަކުގައި ބަޔާންކުރާ ކަންކަން ފުރިހަމަކޮށް، ޖޫރިމަނާއެއް ދައްކަންޖެހޭ ނަމަ އެ ފައިސާ ދެއްކުމުން ވިޔަފާރި އަލުން ހުޅުވުމުގެ ހުއްދަ ލިބޭނެކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެޏެވެ.

ކޮމެންޓް