
ފުލުހުން މައުލޫމާތުދޭ ގޮތުގައި، މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށްފައިވަނީ މާލެ، މައްޗައްގޯޅި ގެއެއް ބަލައިފާސްކުރުމަށްފަހު އެވެ.
ފުލުހުން ބުނީ، އެ ގެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ހަތަރު ފުޅިއާއި 5 ލީޓަރުގެ ފުޅިއެއް ވެސް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕެރިޔަ (44އ) އާއި، ސަރަވަނާން ސުބާއިހް (43އ) އާއި، ސިތްރިމަން ގަނިސަން (53އ) އާއި، ރަވިންދުރަ ކުމާރު (37އ) އާއި، ރާޖާ ރަމަލިންގަމް (47އ) އެވެ. މި އެންމެންނަކީ ވެސް އިންޑިއާ ރައްޔިތުން ކަން ފާހަގަކޮށްލެވެއެވެ.
މި އެންމެން ވެސް ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓްކުރުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށް، އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.




