އިމިގްރޭޝަނުން ހޯދަމުންދާ ބަންގްލަދޭޝްގެ 4 މީހުން
ބަންގްލަދޭޝްގެ 4 މީހަކު އިމިގްރޭޝަނުން ހޯދަންފަށައިފި
މަރްޔަމް މުޙައްމަދު 22 ޖެނުއަރީ 2026 (ބުރާސްފަތި)   09:50
ބަންގްލަދޭޝްގެ ހަތަރު މީހަކު ހޯދަން ބޭނުންވެގެން މޯލްޑިވްސް އިމިގްރޭޝަނުން އެކަން އިއުލާނުކޮށްފިއެވެ.

މިކަން ހާމަކޮށް އިމިގްރޭޝަނުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އެ 4 މީހުން ފެނިއްޖެނަމަ ނުވަތަ  އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިފައި ވާނަމަ 7980408 ނަންބަރު ފޯނަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.

އިމިގްރޭޝަނުން ހޯދުމަށް ބޭނުންވެގެން ވަނަވަރު އާންމުކޮށްފައިވާ ބަންގްލަދޭޝްގެ ހަތަރު މީހުންނަކީ:

ރަފީގުލް (32އ)

އެމްޑީ އާރިފް ޓަޓީ (22އ)

އެމްޑީ ސަހާދަތް ހޮސެއިން (27އ)

ޖިއާއުރް ރަހްމާން ބިޝްވާސް (46އ)

މި ހަތަރު މީހުން ހޯދަމުންދަނީ ސީދާ ކޮން މަައްސަލައަކާ ގުޅިގެން ކަން އިމިގްރޭޝަނުން ހާމަކޮށްފައި ނުވި ނަމަވެސް، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ފުލުހުން އަދި ހޯމް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އެ އިދާރާތަކުން ބުނެއެވެ.

ކޮމެންޓް