
އޭނާ ގަލޮޅުދަނޑަށް ނިކުުމެ ރޭ ފުރަތަމަ ވެސް ކުޅުނު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ މެޗުގައި އޭނާ ކުޅުނު ޓީމް ކަމުގައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް ވަނީ މޮޅުވެ ތާވާލުގެ ތިންވަނައަށް ޖެހިލާފައެވެ.
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ތާވަލުގެ ތިންވަނައަށް ޖެހިލީ، ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ކާމިޔާބެއް ހޯދައިގެންނެވެ.
މެޗުގެ ލީޑު ނިއުއިން ނެގީ 25 ވަނަ މިނިޓުގައި، އަލީ ފާސީރު (ސެންޓޭ) ތަނަވަސްކޮށްދިން ފުރުސަތެއްގައި ރާއިފް ކާމިޔާބުކުރި ލަނޑަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބުރު ސްޕޯޓްސްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ނިއުގެ ކީޕަރު ސަމީރު ވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ.
އެހެންކަމުން މި ހޯދި މޮޅާއެކު ނިއުއަށް 12 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ބުރު ސްޕޯޓްސް ކުލަބު ވަނީ 20 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައެވެ.
ދަގަނޑޭ ތިން އަހަރެއްހާދުވަހު ކުޅުމާ ދުރުގައި ހުރީ އަނިޔާގެ ސަބަބުން ކަމަށްވާއިރު، އަޝްފާގު ރޭ ކުޅެން ނުކުތީ މެޗުގެ ދެވަނަ ހާފުގައިކަން ފާހަގަކޮށްލެވެއެވެ.
ދަގަނޑޭގެ އިތުރުން ވެސް ނިއު އާ އަލަށް ގުޅުނު ނައިޖީރިއާގެ ފޯވާޑް އަލް ހާޖީ ގެރޫ އާއި ކީޕަރު އަހުމަދު ސަމީރު ވެސް ނިއުގެ ފުރަތަމަ އެގާރައިން ރޭ ވަނީ ފެނިގެން ގޮސްފައެވެ.




