
އޭދަފުށްޓަކީ 2024 ވަނަ އަހަރުގެ ވެސް ޗެމްޕިއަން ކަމަށްވާއިރު، ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ.
އެހެންކަމުން ޖަހަންޖެހުނު ޕެނަލްޓީގައި 3-1 ގެ ނަތީޖާއަކުން އޭދަފުށި ކުރި ހޯދިއެވެ. ކާށިދޫއިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވެސް ދިފާއުކޮށްފައި ވަނީ އޭދަފުށީގެ ބަދަލު ކީޕަރު މުހައްމަދު ޝާންއެވެ.
އޭދަފުށިން މި މުބާރާތުގައި ކާށިދޫއާ ދެކޮޅަށް ކުޅުނު ފަހު ތިން މެޗުންވެސް މޮޅުވެފައި ވާއިރު، އެ ދެޓީމަކީ ފަހަކަށް އައިސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އެންމެ ވާދަވެރި ދެޓީމު ކަން ވެސް ފާހަގަކޮށްލެވެއެވެ.




