
ވިޒިޓް މޯލްޑިވްސްއިން މިއަދު ހާމަކުރިގޮތުގައި، 600 އަށްވުރެ ގިނަ ޑްރޯން ބޭނުންކޮށްގެން ޑިފެންސް މިނިސްޓްރީގެ ހުއްދައާއެކު ކުރިއަށް ގެންދިޔަ މި ހަރަކާތަށް ޖުމްލަ 100،000 އެމެރިކާ ޑޮލަރު ހަަރަދުވެފައި ވާއިރު، އެއީ ދިވެހި ފައިސާއިން ބަލާނަމަ 1،542،000 ރުފިޔާއެވެ.
މި ޑްރޯން ޝޯގައި ރައީސް މުއިއްޒުގެ ތަސްވީރު ބޮޑުކޮށް ދައްކާފައިވާ ކަމަށާ މިއީ އިސްލާމީގައުމެއްގައި ވަރަށް ވެސް ހުދުމުހުތާރު ލާދީނީ ގޮތަކަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ސިޔާސީ ބައެއް ބޭފުޅުންނާއި ދީނީ އިލްމުވެރިން ވެސް ވަނީ ވިދާޅުވެފައެވެ.
އައު އަހަރުގެ ޑްރޯން ޝޯއަކީ 'ޕައިރޯ ޑްރޯން' ޝޯއަކަށް ވާއިރު، މި ސަރުކާރުން ބާއްވާ ބޮޑެތި ހަފްލާތަކުގައި ޑްރޯން ޝޯތައް މިހާރު އިތުރުވަމުން ފާކަން ފާހަގަކޮށްލެވެއެވެ. އެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ބޮޑު ޑްރޯން ޝޯއެއް ބާއްވާފައި ވާއިރު އެ ޝޯއަކީ ދުނިޔޭގެ ރެކޯޑެއް ހަދާފައިވާ ޝޯއެއްކަމަށް ސަރުކާރުގެ އެ ކި އެކި ފަރާތްތަކުން ބުނަމުން ގޮސްފައި ވެއެވެ.




