
މައުލޫމާތުލިބޭ ގޮތުގައި، އޮފީހަށް ނުނިކުތުމަށް އަންގައި ސާޖިދަށް ސަސްޕެންޝަން ފޮނުވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ. އަދި އެތަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވި، އެ މައްސަލަ ތަހުގީގު ކުރެވެމުންދާކަމަށް ވެސް ފިޔެސްއަށް މައުލޫމާތު ލިބެއެވެ.
ޓެކްސް އެޕީލް ޓްރެބިއުނަލްގެ މެންބަރު ކަމުގެ މަގާމުގައި ހުންނެވުމަށް ފަހު އަމިއްލަފުޅަށް އެ މަގާމުން އިސްތިއުފާ ދެއްވި ސާޖިދުގެ މި ސަސްޕެންޝަނާ ގުޅިގެން، އެމްއެމްއޭ އަދި އެފްއައިޔޫ އިން ވެސް އެއްވެސް މައުލޫމާތެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ސާޖިދު އެ މަގާމަށް އައްޔަން ކުރެއްވީ, ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު, އިބްރާހީމް ޝުޖާއު އަށް ތުހުމަތަކެއް ކުރެވޭ, ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓެއް ލީކް ވެފައި ވަނިކޮށް، އެފްއައިޔޫގެ ވެރިއަކަށް ކުރިން ހުންނެވި ޢަބްދުﷲ އަޝްރަފް މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އެ މަގާމުން ދުރުކޮށްފައެވެ.




