
އިސްލާމިކް މިނިސްޓްރީން، އެ މިނިސްޓްރީ ސޯޝަލް މީޑިއާ މަންސަތަކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުކުރު ޚުޠުބާ ލިޔާ މައުޟޫޢުތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންވާ ކަމަށެވެ.
އެހެންކަމުން 2026 / 1447 ވަނަ އަހަރުގައި ޚުޠުބާ ލިޔުމަށް މައުޟޫޢު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލާފައި ވާކަމަށް އެ ޕޯސްޓްތަކުގައި ބުނެފައި ވެއެވެ.
މިގޮތުން އެ މިނިސްޓްރީގެ ފޭސްބުކް އަދި އެކްސް އިން އެ ކަން އިއުލާންކޮށް ކޮށްފައިވާ ޕޯސްޓްގައި، މި އަހަރު އަޑު އަހަން ބޭނުންވާ މައުޟޫޢުތައް އެ ޕޯސްޓަށް ކުރާ ކޮމެންޓެއްގެ ގޮތުގައި ލިޔެދިނުމަށް އެދިފައި ވެއެވެ.




