
ފިޔެސްއަށް މައުލޫމާތު ލިބުނު ގޮތުގައި، އެ ގޯތީގެ ވެރިފަރާތް ސަފިއްޔާ ޒުބައިރު މާލޭ ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފައި ވަނީ، ޖުމުލަ 128,545ރ. އިންނެވެ.
އަދި ޖޫރިމަނާ ކަނޑައަޅާފައި ވަނީ އިމާރާތް ކުރުމާބެހޭ އިދާރީ ގަވާއިދުގެ ތިން މާއްދާއަކާ ހިލާފުވެފައިވާތީ ކަމަށާ، އެގޮތުން ރަޖިސްޓްރީވެފައިވާ އިންޖިނިއަރެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ބިން ކޮނުމާއި ފައުންޑޭޝަން މަސައްކަތް ކޮށްފައިވާތީ 50,000ރ. އަދި ހުއްދަ ނެތި ފަސް ފަންގިފިލާ އިމާރާތްކުރުން 73,545ރ. ގެ އިތުރުން އިމާރާތްކުރުމުގެ ގާނޫނާ ހިލާފު ކަންތައްތަކެއް ހިނގަމުންދިޔައިރު، އެކަން ކަމާބެހޭ އިދާރާއަށް އަންގާފައި ނުވާތީ 5,000ރ. އިންނެވެ.
ޕީއެންސީގެ މައި އޮފީސް އަލުން އިމާރާތް ކުރުމަށްފަހު ހުޅުވާފައިވަނީ ބުރާސްފަތި ދުވަހުގެ ރެއެވެ. މި އިމާރާތް ހުޅުއްވައި ދެއްވީ ރައީސް މުއިއްޒު އެވެ.




