
މި މަހުގެ 1 ވަނަ ދުވަހު ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލިއެވެ. އެހެންކަމުން 94 ދާއިރާއަކުން 308 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އެ ޕާޓީން މީޑިއާގައި މީގެކުރިން ބުންޏެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް، ޕީއެންސީގެ ޓިކެޓުގައި ކެންޑިޑޭޓުން ނިކުންނާނެ ކަމަށާ، އެ ޕާޓީގެ ޓިކެޓުގައި، ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބުގައި ވާދަކުރަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލައިވެސް ގިނަ ބަޔަކު ހޮވިފައިވާ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.
ވޯޓުލުމުގެ ކަންކަން މާލެ ސަރަހައްދުން އިސްކަންދަރު ސުކޫލުގައި ކުރިއަށްދާއިރު، އަތޮޅު ތެރޭގައި ވޯޓުލުމަށް ހާއްސަކޮށްފައިވާ މަރުކަޒުތަކުގައި ވެސް ވޯޓުލުން ކުރިއަށްދާނެ ކަމަށާ، ޕްރައިމަރީގެ ވޯޓުލުމުގެ ފުރުސަތު މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އާއި ހަމައަށް އޮންނާނެ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.




