
ވެނެޒުއެލާގެ ރައީސް މަޑޫރޯ ހައްޔަރުކުރުމަށް ހުސްވި ހަފުތާގައި އެމެރިކާގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނަށްފަހު، ހަނގުރާމައިގެ ދެވަނަ ފިޔަވައްސެއް އެމެރިކާއިން ކުރިއަށް ގެންގޮސްފާނެ ކަމަށްޓަކައި، ގިނަ އަދަދެއްގެ ސިޔާސީ ކުށްވެރިން ވެނެޒުއެލާއިން ދޫކޮށްލިއެވެ. އެކަމާ ގުޅިގެން، އެއީ ވަރަށް މުހިންމު ނިންމުމެއް ކަމަށް ވެސް ޓްރަމްޕް ވަނީ ބުނެފައެވެ.
އަދި އެކަމުގެ ސަބަބުން، ކުރިން ރާވާފައިވާ ހަމަލާތަކުގެ ދެވަނަ ފިޔަވަހި މިހާރު ކެންސަލް ކުރެވިފައިވާ ކަމަށާ، އެހެންނަމަވެސް، ސަލާމަތީ ސަބަބުތަކަށްޓަކައި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހުރިހާ މަނަވަރުތަކެއް އެ ތަންތަނުގައި ދެމިއޮންނާނެ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެެ.
ފާހަގަކޮށްލެވޭ ގޮތުގައި ވެނެޒުއޭލާގައި ހުރި ތެލުގެ ރިޒާވް އެމެރިކާއަށް ވުރެ ފަސް ގުނަ އިތުރުވާނެކަމަށް ބެލެވެއެވެ. އެހެންކަމުން ވެނެޒުއޭލާ އަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން ތެޔޮ އޮތް އެއް ގައުމެވެ.




