
ނަތަންޔާހޫ މިހެން ވިދާޅުވީ، އިސްރާއީލުގެ ކެބިނެޓް ބައްދަލުވުމެއްގައި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެއެވެ.
އެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، އަމިއްލަ ނަފްސަށް ބަރޯސާވާން އިސްރާއީލު ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭކަމަށާ، ސަބަބަކީ އެމެރިކާގެ މުޖުތަމައަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައިވާތީކަމަށެވެ.
އެހެންކަމުން މިކަމަށް އޮތް ހައްލަކީ ހުރިހާ ކަމެއްގައި އަމިއްލަ ނަފްސަށް ބަރޯސާ ވުންކަމަށް ވެސް ނަތަންޔާހޫ ވިދާޅުވިއެވެ.
އެހެންކަމުން އިސްރާއީލަށް ބޭނުންވާ އަސްކަރީ ބާރުވެރިކަން އެގޮތުގައި ހިފެހެއްޓުމަށްޓަކައި ހަތިޔާރު އަމިއްލައަށް އުފެއްދުމަށް 110 ބިލިއަން ޑޮލަރު އިންވެސްޓުކުރަން ރާވާފައިވާކަމަށް ވެސް ނަތަންޔާހޫ ވިދާޅުވިއެވެ.
ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ސިޔާސީ ވެރިންނަށް ރިޝްވަތު ދިނުމުގެ ކަންތައް ޔަހޫދީ ލޮބީ ގްރޫޕްތަކުން މިހާރު ވެސް ކުރިޔަށް ގެންދެއެވެ. އެހެން ނަމަވެސް މިހާރު އެމެރިކާ އިސްރާއީލުގެ ދިފާއުގައި ހުރިހާ ކަމެއްގައި އެމެރިކާ އޮންނަ ގޮތަށް އަދި އިސްރާއީލަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭން އެެމެރިކާ އޮންނަ ގޮތަށް މުސްތަގުބަލުގައި އެކަން އޮންނާނެކަމަށް ނުބެލެވޭކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.
މިކަންކަމަށް ރިއާޔަތްކޮށް އިސްރާއީލުގެ މުސްތަގުބަލަށްޓަކައި އެމެރިކާއަށް ބަރޯސާވުން ހުއްޓާލުމަށް އިސްރާއީލު ރާވަމުންދާކަން ޓްރަމްޕް އާ ހިއްސާ ކުރިކަމަށް ވެސް ނަތަންޔާހޫއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.




