ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި އިބްރާހިމް ސޯބިރު.--
ސީރިއަސް މައްސަލަތަކެއްގެ ތުހުމަތުގައިވާ ސޯބިރުއަށް މެންބަރުގެ ނުފޫޒުން ވަޒީފާ
ފިޔެސް 13 ޖެނުއަރީ 2026 (އަންގާރަ)   17:08
ކޫއްޑޫ މަސް ކާރުހާނާގެ އިސް މަގާމެއް އަދާކުރަމުން ދިޔަ ގއ.މާމެންދޫ، ރޯޒްބެޑް، އިބްރާހީމް ސޯބިރު އެ މަގާމުން ވަކިކުރީ އޭނާގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ސީރިއަސް މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލަ މިހާރު އޮތީ ޝަރީއަތުގެ މަރުހަލާގައެވެ. ފިޔެސް އަށް ކޮޕީ ލިބިފައިވާ އެ ދައުވާ ފޯމުގައި ވާގޮތުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން 2024 ޑިސެމްބަރު 18 ގައި ސޯބިރުގެ މައްޗަށް ދައުވާކުރީ އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަމުގެ ތުހުމަތުގައެވެ.

އެ މައްސަލަ ކުރިއަށް ދަނިކޮށް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ސޯބިރު ވަނީ މާމެންދޫ ކައުންސިލް ރައީސް އަޙްމަދު އަޒީޒަށް ހަމަލާދީ މާރާމާރީ ހިންގާފައެވެ. މި މައްސަލަ އަދިވެސް އޮތީ ތަހުގީގު ކުރުމުގެ މަރުހަލާގައެވެ.

މިފަދަ ބޮޑެތި މައްސަލަތައް ސޯބިރުއާ ދެކޮޅަށް ކުރިއަށް ދަނިކޮށް އޭނާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ގއ. މާމެންދޫ އޮފީހުގެ މެނޭޖަރުގެ ވަޒީފާ ދާދި ފަހުން ވަނީ ދީފަ އެވެ.

your imageސޯބިރުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ލިޔުން.--

ފިޔެސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހީމް ސޯބިރު އަށް ވަޒީފާ ހަމަޖެއްސީ ރައްޔިތުންގެ މަޖިލީހުގެ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީގެ ބާރާއި ނުފޫޒުންނެވެ.

ބޮޑެތި ކުށުގެ ސީރިއަސް ތުހުމަތުތައް ކުރެވޭ އަދި ޝަރީއަތް ހިނގަމުންދާ މީހަކަށް ބާރާއި ނުފޫޒު ބޭނުންކޮށްގެން މެމްބަރު ދީދީ ވަޒީފާ ހަމަޖައްސައިދިނުމުން ދާއިރާގެ ބައެއް މީހުންގެ ނުރުހުން ވަނީ އިންތިހާއަށް ގޮސްފައި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. 

ކޮމެންޓް
ނާށިދާ
2 months ago
އޭނަ ކޯއްފާނެ