
މި ފެށޭ ދިރާސީ އައު އަހަރުގެ ކަލަންޑަރުގެ އެންމެ ފަހުގެ އަދާހަމަ އެ މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު އާންމުކޮށްފައި ވާއިރު، އަންނަ ފެބްރުއަރީ މަހުގެ 22 އިން 26 އަށް ސްކޫލްތަކުގައި ކިޔެވުން އޮންނާނެ ކަމަށް ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން އެ ކަލަންޑަރުގައި، ދިރާސީ އަހަރުގެ މުހިންމު ދުވަސްތަކާއި، ސަރުކާރުބަންދު ދުވަސްތަކާއި ސްކޫލްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ އިތުރުން ދަރިވަރުންނާއި ޓީޗަރުންނަށް ބަންދު ދުވަސްތައް ވެސް ފާހަގަކޮށްފައި ވެއެވެ.
އެގޮތުން ކަލަންޑަރުގައި ފާހަގަކޮށްފައިވާ ބައެއް ދުވަސްތައް ތިރީގައި އެވަނީއެވެ:
މިއަހަރުގެ ރޯދަމަސް ފެށޭނީ، މީލާދީ ކަލަންޑަރު ބުނާގޮތުން އަންނަ ފެބްރުއަރީ މަހުގެ 18 ގައި ކަމަށް ވާއިރު، ޖެހިގެން އަންނަ ދުވަސް، ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހަކީ ވެސް ސްކޫލު ބަންދު ދުވަހެކެވެ.
އަދި އަންނަ ފެބްރުއަރީ މަހުގެ 22 އިން 26 އަށް ސްކޫލްތަކުގައި ކިޔެވުން އޮންނާނެކަން ކަމަސް ކަލަންޑަރުގައި ފާހަގަކޮށްފައި ވާއިރު، ފެބްރުއަރީ މަހުގެ 27 އަދި 28 އަށް އަންނަ ހަފްތާ ބަންދަށްފަހު މާރިޗުމަހުގެ 1 އިން 8 ވަނަ ދުވަހާ ހަމައަށް ސްކޫލްތަކުގެ ކިޔެވުން ނޯންނާނެއެވެ. އަދި އެ ދުވަސްތަކަކީ ޓީޗަރުންގެ ޕީޑީ ޑޭގެ ގޮތުގައި ކަލަންޑަރުގައި ފާހަގަކޮށްފައިވެއެވެ.
މާރިޗު 9 އިން 22 އަށް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި އެކެޑެމިކް ކަލަންޑަރުގައި ކަނޑައަޅާފައިވާއިރު، އެ ދުވަސްތަކަކީ ރޯދަމަހުގެ ފަހު ދިހައިގެ ދުވަސްތައް ކަން ފާހަގަކޮށްލެވެއެވެ.
އަދި ރޯދަ މަސް ނިންމައއަލުން ި ސްކޫލްތަކުގައި ކިޔަވައިދޭން ފަށާނީ މާރިޗު މަހުގެ 23 ގައި ކަމަށް ކަލަންޑަރުގައި ކަނޑައަޅާފައި ވާއިރު، ފިތުރު އީދު ދިމާވަނީ، މާރިޗު މަހުގެ 20ވަނަ ދުވަހާ ކަން ވެސް ފާހަގަކޮށްލެވެއެވެ.




