
އެކެޑަމިކް ކަލަންޑަރުން ދައްކާގޮތުން 2027 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގައި ޓީޗަރުން ސްކޫލްތަކަށް ރިޕޯޓުކުރަންޖެހެނީ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހެވެ. އެއަށްފަހު ސްކޫލުތަކުގެ ކިޔެވުން ފެށޭނެކަމަށް ކަލަންޑަރުގައި ހިމަނާފައިވަނީ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހަށެވެ.
ފުރަތަމަ ޓާމްގެ މިޑް ބްރޭކް މެއި 16 އިން 22 އަށް ލިބޭއިރު، ފުރަތަމަ ޓާމް ނިމި ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި 16 އިން 31 އަށެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން އޯގަސްޓް 1 ގައި ފަށާއިރު، ދެވަނަ ޓާމް ނިމި ބޮޑު ޗުއްޓީ ލިބޭނީ 10 ޑިސެމްބަރު އިން 2028 ވަނަ އަހަރުގެ ޖެނުއަރީ 4 އާ ހަމައަށެވެ. އަދި 2028 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 9 ގައެވެ.
މި ކަލަންޑަރުގައި ސްކޫލްތަކަށް އަލަށް ކުދިން ވައްދާ ތާރީޚާއި (4 ޖުލައި އިން 31 އޯގަސްޓަށް)، އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލުކުރެވޭނެ މުއްދަތުތައްވެސް ވަނީ ހިމަނާފައެވެ. އެގޮތުން ފުރަތަމަ ޓާމްގައި ސްކޫލް ބަދަލުވުމުގެ ފުރުސަތު މެއި 9 އިން ޖޫން 10 އަށް ދީފައިވާއިރު، ދެވަނަ ފަހަރަށް އެ ފުރުސަތު އޮންނާނީ އޮކްޓޫބަރު 10 އިން ނޮވެމްބަރު 9 އަށެވެ.
މީގެއިތުރުން، ކުޑަކުދިންގެ ދުވަހާއި ޓީޗަރުންގެ ދުވަސް ފަދަ ޚާއްޞަ ދުވަސްތަކަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ދުވަސްތަކުގެ ގޮތުގައިވެސް ވަނީ ކަނޑައަޅާފަ އެވެ.




