ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމާމެދު ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައި
ރ. އަތޮޅުން ފެށިގެން އދ. އަތޮޅަށް މޫސުމީ ސަމާލް
މަރްޔަމް މުޙައްމަދު 7 ފެބްރުއަރީ 2026 (ހޮނިހިރު)   09:08
ރ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް، ވައި ބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީސް (މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ސެންޓަރ) އިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓުން ބުނީ، މި ސަރަހައްދަށް ވައިޓް އެލާޓް ނެރުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަމަށާ، މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 6:15 އިން މެންދުރު 11:00 އާ ހަމައަށް ކަމަށެވެ.

މެދުރާއްޖެތެރެ އާއި އުތުރުގައި ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަތް ފޫޓު ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު ދެކުނުގައި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ފަސް ފޫޓު ހުންނާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ.

މުޅިރާއްޖޭގެ މޫސުން މިއަދަށް ލަފާކުރާ ގޮތާއި ގުޅޭ ގޮތުން މެޓް އޮފީހުން ބުނީ މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށާ، އެހެން ހިސާބުތަކަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

ކޮމެންޓް