ނަޝްވާ އަބްދުﷲ
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޗެއަރޕާރސަން މަގާމުން ވަކިކޮށްފި
ހަސަން އިބްރާހީމް 26 ފެބްރުއަރީ 2026 (ބުރާސްފަތި)   15:44
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް ގެ ޗެއާޕާސަން ކަމުގެ މަގާމުން ގ.ރޯސްއައިލެންޑް، ނަޝްވާ އަބްދުﷲ ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ފަހި ދިރިއުޅުން ކޯޕަރޭޝަން ޗެއަރޕާރސަން އަދި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން މިއަދުން ފެށިގެން ނަޝްވާ ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެއެވެ.

ނަޝްވާ އެމަގާމަށް އައްޔަނުކުރީ 8 ޖެނުއަރީ 2024 ގައެވެ.

ނަޝްވާއަކީ ޕަބްލިކް ހައުސިން އަދި އިންފްރަސްޓްރަކްޗާގެ ދާއިރާއިން 16 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.


ކޮމެންޓް