އަންހެން ފުލުހުންތަކެއް މުޒާހަރާއެއް ކޮންޓްރޯލްކުރުމަށް ހަރަކާތްތެރިވަނީ..
ޖިންސީ މުއާމަލާތް ހިންގިކަން ސާބިތުވެ، އަންހެން ދެ ފުލުހަކު ވަޒީފާއިން ވަކިކުރަނީ
ޖުނާން އަޙުމަދު 21 މާރޗް 2026 (ހޮނިހިރު)   18:13
ހުއްދަ ނޫން ޖިންސީ މުއާމަލާތްތެއް ހިންގިކަމުގެ ކުށް ސާބިތުވި އަންހެން ދެ ފުލުހަކު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ ވަޒީފާގައި ތިބި ދެ މުވައްޒަފަކު ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވެ، މި މަހުގެ ތިން ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށާ، އެ ހުކުމާ ގުޅިގެން، އެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ވަނީ ނިންމާފައި ކަމަށެވެ.

އެ ދެ ފުލުހުންގެ ވަނަވަރު، ފުލުހުންގެ އިދާރާއިން އާންމުކޮށްފައި ނުވިނަމަވެސް، މައުލޫމާތު ލިބޭގޮތުގައި، ކޯޓުން އެ ދެ ފުލުހުން ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.

ޤާނޫނާ ހިލާފު ބޮޑެތި ކުށްތައް ހިންގުމުގައި ފުލުހުން ބައިވެރިވާކަމުގެ ގިނަ ތުހުމަތުތަކެއް މިފަހަކަށް އައިސް ފުލުހުންގެ އިދާރާއަށް އަމާޒުވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އެކަމުގެ ސަބަބުން އެ އިދާރާއާ މެދުގައި ރައްޔިތުން ކުރަމުންއައި އިތުބާރުގެއްލިފައިވާ ކަމަށް ގިނަބަޔަކު ބުނެއެވެ.

ކޮމެންޓް