1447ވަނަ އަހަރު ދަސްވެނިވި ހާފިޒުން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެއްތިރީސް ހާފިޒުން ދަސްވެނިވެއްޖެ
މަރްޔަމް މުޙައްމަދު 1 މާރޗް 2026 (އާދީއްތަ)   23:27
ކީރިތި ޤުރުއާން ހިތުދަސްކުރި ހާފިޒުން ދަސްވެނިވުމުގެ ހަފްލާއެއް މިރޭ ބާއްވާފައި ވާއިރު، އެ ހަފްލާގައި 31 ހާފިޒުން ދަސްވެނިވެއްޖެ އެވެ.

ދަސްވެނިވި ހާފިޒުންނަށް، ރައީސުލްޖުމުހޫރިއްޔާ ދެއްވާ މެޑައްޔާއި އިނާމު 50 ހާފިޒުންނަށް މި ރަސްމިއްޔާތުގައި ވަނީ ލިބިފަ އެވެ.

ހާފިޒުން ދަސްވެނިވުމުގެ ގޮތުން ބާއްވާ ހަފްލާއަކީ މިކަމަށް ހިތްވަރުދިނުމުގެ ގޮތުންނާއި ޤުރުއާން މަތިވެރިވެރިކުރުމުގެ ގޮތުން ބާއްވާ ހަފްލާއެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އަދި މިއަހަރުގެ ދަސްވެނިވުމުގެ މި ރަސްމިއްޔާތަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ހާފިޒުން ދަސްވެނިވެގެންދާނެ ރަސްމިއްޔާތު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް