މުޙައްމަދު އިޤްބާލް، ވިންޑްސްޓަރ، ރ.ވާދޫ.-- ފޮޓޯ: ޕޮލިސް
ޑިންގީއެއްގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ
ފިޔެސް 13 މާރޗް 2026 (ހުކުރު)   11:23
ރ.ވާދޫ އިން ޑިންގީއެއްގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް އިއްޔެ ގެއްލުނު، މީހާ ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ރޭ ބުނި ގޮތުގައި، ގެއްލިގެން ހޯދީ އެކަނި މަހަށް ނުކުތް ރ.ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލް އެވެ. އޭނާ ކަނޑުމައްޗަށް ނިކުމެފައިވަނީ 2026 މާރިޗު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އޭނާ ނުކުތީ ކުޑަ ޑިންގީއެއްގައި އެކަނި ކަމަށާއި، ދަތުރަށް ނިކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިއަދު ފުލުހުން އާންމުކުރި މައުލޫމާތުގައި ބުނީ، އިޤްބާލް މިހާރު ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އޭނާ ފެނުނީ، ހެނދުނު 06:53 ހާއިރު އޭނާ ހޯދުމަށް ވާދޫން ނުކުތް ބަޔަކަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިގޮތުން، އޭނާ ފެނުނީ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ.އަލިފުށި ކައިރީގައި އޮތް ބޮއެއް ކައިރިން ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭގެއިތުރުން، ފުލުހުން ވަނީ އިޤްބާލް ހޯދުމުގެ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް