
ފުލުހުންގެ ފަރާތުން މީޑިއާއަށް މީގެ ކުޑަ އިރުކޮޅެއް ކުރިން ދިން މައުލޫމާތުގައި ބުނީ ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި ފަސް މީހުން ދަތުރުކުރަމުން ދިޔައެވެ.
ލޯންޗް ބަންޑުން ޖަހާލުމުން ދެ މީހުން ގެއްލިފައި ވާއިރު، މި ހާދިސާގައި ހިމެނޭ އަނެއް ތިން މީހުނަށް އަނިޔާވެގެން ވ.އަތޮޅު ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
8:00 (ހެނދުނު) :
ފުލުހުން ބުނީ މިހާރު ކަށަވަރު ކުރެވިފައިވާ މައުލޫމާތަށް ބަލާއިރު ލޯންޗުގައި ޖުމުލަ ހަތް މީހުން ތިއްބެވެ. އެއީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާ އިންޑިއާ އަށް ނިސްބަތްވާ 5 ފިރިހެނުންނެވެ. މި ހާދިސާގައި ލޯންޗުން ވިއްސައިގެންގޮސް މޫދަށް ވެއްޓުފައިވަނީ 5 މީހުންނެވެ. އެއީ ރަޝިއާއަށް ނިސްބަތްވާ އަންހެން މީހާއާއި އިންޑިއާގެ 4 ފިރިހެނުންނެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ 2 މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށްވެސް ފުލުހުން ބުންޏެވެ.




