
ބައްސާމްގެ މައްޗަށް 32 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިޔަން ޑޮލަރު (19 މިލިޔަނެއްހާ ރުފިޔާ) އާއި އިތުރު 10،000 ޑޮލަރު (154،000ރ.) އަށް ޚިޔާނާތްތެރިވުމާއި އަދި އެ ފައިސާ ލޯންޑާ ކުރުމުގެ ކުށުގައި ބައްސާމްގެ މައްޗަށް ކުރި ހަތަރު ދައުވާއެއް ސާބިތުވެގެންނެވެ. އޭގެ ތެރެއިން ފުރަތަމަ ދައުވާގައި އޭނާ ޖަލަށްލާން ހުކުމްކުރީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
ބައްސާމް "ޖަލުން ދޫކޮށްލުމަށް ހުއްދަދޭ ޗިޓް"، ރޭ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރަސްމީ އެ ލިޔުމުން ފެންނަ ގޮތުގައި، ބައްސާމް ޖަލުން ނެރެފައިވަނީ އިއްޔެ އެވެ.
ބައްސާމް ޖަލުން ދޫކޮށްލުމުގެ ހުއްދަދިން ޗިޓް.--
ފިޔެސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބައްސާމް ގޭބަންދަށް ބަދަލުކުރީ އޭނާގެ ބަލި ހާލަތު ހުރި ގޮތުން، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުންނެވެ. އެހެންނަމަވެސް، އޭނާ ގެއަށް ބަދަލުކުރީ ކިހާ މުއްދަތަކަށް ކަމެއް ކަރެކްޝަނުން ހާމަކޮށްފައި ނުވެއެވެ.
ބައްސާމް ގޭބަންދަށް ބަދަލު ކުރިއިރު، އޭނާ ޖަލަށްލާން ކުރި ހުކުމްތަކުގެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.




