ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ޓިކެޓުތަކެއް - ފޮޓޯ: އެފްއޭއެމް
މާދަމާ ފަށާ، ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓް ވިއްކަން ފަށައިފި
ޖުނާން އަޙުމަދު 22 މާރޗް 2026 (އާދީއްތަ)   18:18
ރާއްޖޭގައި މާދަމާ ފަށާ ސާފް 20 އަހަރުން ދަށު މުބާރާތުގެ ޓިކެޓް އެފްއޭއެމް (ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް) އިން މިހާރު ވިއްކަން ފަށައިފިއެވެ.

މާދަމާ ހަވީރު ގައުމީ ދަނޑުގައި ފަށާ، ސާފް 20 އަހަރުން ދަށުގެ މި މުބާރާތުގައި، ރާއްޖޭގެ އިތުރުން ބަންގްލަދޭޝްއާއި ސްރީ ލަންކާ އަދި ޕާކިސްތާނާއި ބޫޓާން އާއި ނޭޕާލް ވެސް ބައިވެރިވެއެވެ.

މި މުބާރާތުގައި، ރާއްޖެ ހިމެނެނީ ނޭޕާލާއި ބޫޓާން އަދި ސްރީ ލަންކާއާ އެކުގައި ގްރޫޕް އޭގައެވެ.

ރާއްޖޭގެ ފުރަތަމަ މެޗު ކަމުގައިވާ، ސްރީ ލަންކާއާ ދެކޮޅަށް ނުކުންނަ މެޗު މާދަމާ ރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައި ވާއިރު، އެފްއޭއެމްއިން ބުނީ މުބާރާތުގެ މެޗުތަކަށް ވިއްކާ ސިޑިބަރި ޓިކެޓް 15 ރުފިޔާއަށް ވިއްކާ އިރު، ގޮނޑި ބަރި ޓިކެޓް ވިއްކާނީ 25 ރުފިޔާއަށް ކަމަށާ، ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވާ ތަންތަނަކީ ގަލޮޅު ދަނޑުގެ ޓިކެޓު ކައުންޓަރާއި، ސޯޝަލް ސެންޓަރުގެ އިތުރުން އާޓިފްޝަލް ބީޗުން ކަމަށެވެ.

އަދި މުބާރާތާ ޖެހެންދެން ކޮންމެ ދުވަހަކު އިރުއޮއްސި ހަޔަކާ ހަމައަށް ޓިކެޓް ވިއްކާނެ ކަމަށާ، އޭގެފަހުން ރޭގަނޑު އަށަކުން ދިހައެއް ޖަހަންދެން ވެސް ޓިކެޓު ވިއްކާނެ ކަމަށް އެފްއޭއެމް އިން ބުންޏެވެ.

ހަންގޭރީގެ އިސްތަވާން އުރުބާނީއާއެކު ޓީމުން ތައްޔާރުވެފައިވާ އިރު، އެ މުބާރާތަށް މިހާރު ޓީމުތައް ރާއްޖެ އަންނަން ފަށާފައި ވާއިރު، މިއީ ރާއްޖޭގައި ސާފްގެ ޒުވާން މުބާރާތެއް ކުޅުމަށް ރާއްޖޭގެ ޒުވާން ޓީމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ކުޅިވަރުގެ ދާއިރާއިން ފުންނާބު އުސް ފަރާތްތަކުން ފާހަގަކުރެއެވެ.

މީގެ ކުރިން ރާއްޖޭގައި ބޭއްވި ޔޫތު މުބާރާތެއް ކަމަށްވާ، 2019 ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވި ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތް ރާއްޖެއިން ހޯސްޓް ކޮށްފައި ވާއިރު، 2008 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ހޯސްޓްކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް