ރައީސް ނަޝީދު، މިއަދު ބ.ތުޅާދޫ ބަނދަރުގައި ބޭއްވި އެމްޑީޕީގެ ކެމްޕޭނު ޖަލްސާގައި.-- ފޮޓޯ: އެމްޑީޕީ
ޑިމޮކްރަސީ އަގުހެޔޮކުރަން އުޅުމަކީ އަމިއްލަ ހާލަތު ނިކަމެތިކުރުމަށް އެޅޭ ފިޔަވަޅެއް
ފިޔެސް 17 މާރޗް 2026 (އަންގާރަ)   16:20
ޑިމޮކްރަސީ އަގުހެޔޮކުރަން އުޅުމަކީ އަމިއްލަ ހާލަތު ނިކަމެތިކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މިއަދު ބ.ތުޅާދޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ބައެއް ގައުމުތަކުގައި ކޮންމެ މަހަކު ކަހަލަ ގޮތަކަށް ފެންނަ ނުފެންނަ ވޯޓެއް ނަގާ ރައްޔިތުން ގާތަށް ދާން ޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ ވެރިކަން ހިންގުމަށް ޑިމޮކްރަސީ އަގުހެޔޮ ކުރަން އުޅެފި ނަމަ އެއީ ރައްޔިތުންގެ އަމިއްލައަށް އަމިއްލަ ހާލަތު ނިކަމެތި ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

އަންނަ އެޕްރީމަހު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކާއެކު ރެފަރެންޑަމް ވޯޓް ނެގުމުގެ ކެމްޕޭން ކުރިއަށްދާއިރު، މިއީ އެ ކެމްޕޭން ހަރަކާތުގައި ރައީސް ނަޝީދު އަތޮޅުތެރެއަށް ކުރެއްވި ފުރަތަމަ ދަތުރެވެ.

ރިޔާސީ އިންތިހާބާއެކު ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ކެމްޕޭން ކުރަމުން އަންނައިރު، އެމްޑީޕީ އަދި ރައީސް ނަޝީދު ވެސް ތާއީދު ކުރައްވަނީ އެކުއެކީގައި އިންތިހާބު ބާއްވަން "ނުފެންނަ" ކަމަށެވެ.  

ކޮމެންޓް