ދިވެހި އުމްރާވެރިންތަކެއް - ފޮޓޯ:ހައްޖު ކޯޕަރޭޝަން
އުމްރާގެ އަޅުކަމަށް ގޮސްއުޅުނު ދިވެއްސަކު ނިޔާވެއްޖެ
މަރްޔަމް މުޙައްމަދު 21 މާރޗް 2026 (ހޮނިހިރު)   15:11
އުމްރާގެ އަޅުކަމަށް ގޮސް، ސައުދި އަރަބިއްޔާގެ މައްކާގައި ހުރި ދިވެއްސަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި ނިޔާވެފައި ވަނީ އިބްރާހިމް ރަަޝީދު މ. ވެލިވަނި މާލެ، އެވެ.

އޭނާ ނިޔާވެފައި ވަނީ ރޭގެ ވަގުތެއްގައި މައްކާގައި ކަމަށްވާއިރު، ދިވެހި އުމްރާ ގްރޫޕެއް ކަމަށްވާ ހިޖާޒު ކުންފުނިން އުމްރާއަށް ދިޔަ ގދ. ނަޑައްލާ އަލީ އިބްރާހީމް ދީދީ ވެސް މީގެ ހަ ދުވަސް ކުރިން މައްކާގައި ނިޔާވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.

މި ރަމަޟާން މަހުގައި 2،000 އަށް ވުރެ ގިނަ ދިވެހިން އުމްރާއަށް ގޮސްފައި ވާކަމަށް، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މީގެކުރިން ވިދާޅުވެފައި ވެއެވެ. 



ކޮމެންޓް