
މައުލޫމާތު ލިބޭގޮތުގައި އަބްދުއްޝަކޫރު ނިޔާވީ، އޭނާގެ ބަލިހާލު ބޮޑުވެ، ރާއްޖެއިން ބޭރުގެ ގައުމެއްގައި ފަރުވާ ހޯދަމުން ގެންދަވަނިކޮށެވެ.
އަބްދުއްޝަކޫރު ނިޔާވިއިރު ފަސް ދަރިން އަދި އަނބިކަނބަލަކު ދުނިޔޭގައި ތިއްބެވި އިރު، އޭގެ ތެރޭގައި ހިމެނެނީ، 2 ފިރިހެން ކުދިންނާއި 3 އަންހެން ކުދިންކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ފުލުހުން ވަނީ އަބްދުއްޝަކޫރު އަބްދުﷲ ގެ އާއިލާއަށް މިއަދު ތައުޒިޔާ ކިޔާފައެވެ.
ފުލުހުންގެ ހިދުމަތުގައި 43 އަހަރާއި ދެ މަސް އަބްދުއްޝަކޫރު އަބްދުﷲ ހިދުމަތްކުރައްވާފަ އި ވާއިރު، ރާއްޖޭގައި އުފެއްދި ފުރަތަމަ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުގެ އިސްވެރިޔަކަށް ވެސް ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނާގެ މަގަމާ ހަވާލުވުމުގެ ކުރިން ހުންނެވި އެވެ.




