ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ފުރޮޅާލި ކާރު.-
އައްޑޫގައި ކާރެއް ފުރޮޅާލައި 4 މީހަކަށް އަނިޔާވެއްޖެ
ކާރު ދުއްވަން އިން ޑްރައިވަރަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައި
ހަސަން އިބްރާހީމް 21 މާރޗް 2026 (ހޮނިހިރު)   19:01
އައްޑޫ ސިޓީ، ހިތަދޫ ގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި ހަތަރު މީހަކަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުންގެ ފަރާތުން މީޑިއާއަށް ދިން މައުލޫމާތުގައި ބުނީ، މި އެކްސިޑެންޓު ހިނގިކަމުގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 16:50 ހާއިރުކަމަށެވެ. އަދި މި ކާރު ފުރޮޅާލީ ހިތަދޫ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށެވެ.

މި ހާދިސާ ހިނގިއިރު ކާރުގައި ތިބި 4 މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ކާރު ދުއްވި ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

އަނިޔާވި ހަތަރު މީހުންނަށްމެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ހާދިސާގެ ސަބަބުން އެ ކާރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް