
ރައީސް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި މައުލޫމާތުގައި ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނަވަން ބޭނުންވާ ބަދަލުތައް 'ރިފޯމް ޕެކޭޖެއް'ގެ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ހުށަހަޅުއްވާނެ ކަމަށެވެ.
"މިއީ އެޑްހެކްކޮށް ނޫނީ ވަކިވަކިން ހިނގާ ކަންކަމެއް ނޫން. ތިބޭފުޅުން ހަނދުމަފުޅު ހުންނާނެ، އަޅުގަނޑު ވާނީ އެކިފަހަރު މަތިން، ރިފޯމް ޕެކޭޖުގެ އެކި ކަންކަން އިއުލާންކޮށްފައި. ދައުލަތުގެ ކަންކަން ރިފޯމް ކުރަންޖެހޭ. ރަނގަޅު ކުރަންޖެހޭ. އިސްލާހުކުރަން ޖެހޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަންނަ އެޕްރީލް މަހު އޮންނަ ފެންނަ ނުފެންނަ ވޯޓަށްފަހު، ގާނޫނުއަސާސީއަށް އިތުރު އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށެވެ.
ރައީސް ފާހަގަ ކުރެއްވި އިސްލާހުތަކުގެ ތެރޭގައި؛
.
ރައީސް ވިދާޅުވިގޮތުގައި މި އިސްލާހުތައް ގެނައުމުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކަށްވެސް ބަދަލުތައް ގެނައުމުގެ އިތުރުން އާ ގާނޫނުތައް ވެސް އެކުލަވާލާނެ އެވެ.
އަދި ރިޔާސީ ބަޔާނުގައި ރައީސް ފާހަގަ ކުރެއްވި، ސިޓިޒަންސް ކޮމްޕްލެއިންސް ބިއުރޯ އަކީ ރިފޯމް ޕެކޭޖުގައި ހިމެނޭ މުހިންމު ކަމެއް ކަމަށެވެ. އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އަންނަ ޖުލައި މަސްތެރޭ އެ އިދާރާ އުފައްދަވާނެ ކަމަށެވެ.




