އާއިޝަތު އިބްރާހިމް.--
އެލާޖިކްވެގެން ފަރުވާ ދެމުންދަނިކޮށް އަންހެނަކު ނިޔާވެއްޖެ
މަރްޔަމް މުޙައްމަދު 24 މާރޗް 2026 (އަންގާރަ)   07:57
ގއ.ދާންދޫގައި އެލާޖިކްވެގެން ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް، އެ ރަށު އަންހެނަކު ރޭ ނިޔާވެއްޖެ އެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ދާންދޫ، ވިނަމަތީ، އާއިޝަތު އިބްރާހިމް، 41 އަހަރު އެވެ.

ދާންދޫ ކައުންސިލްގެ ރައީސް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައިޝަތު ނިޔާވީ ރޭގެ ވަގުތެއްގައި އެލާޖިކް ވެގެން ދާންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ކަމަށެވެ.

އެލާޖިކްވީ ސީދާ ކޮން އެއްޗަކަށް ކަމެއް ރަސްމީކޮށް އަދި އެނގިފައެއް ނުވެއެވެ.

އައިޝަތު އަކީ ދާންދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަމުންދިޔަ  މުވައްޒަފެކެވެ.

ކޮމެންޓް