އިރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣައީ - ފޮޓޯ: ރޮއިޓާޒް
މަޝްވަރާކުރި ދެފަހަރު ވެސް ހިޔާނާތްތެރިވި ބަޔަކާ ދެން ސުލްހައެއް ނުވެވޭނެ
ވަރަށް ސާފުކޮށް މިދަންނަވަނީ އެމެރިކާއާއެކީ އިރާނުން ސުލްހައިގެ މަޝްވަރާތައް ނުކުރާ ކަމަށް - ބަޣައީ
ޖުނާން އަޙުމަދު 26 މާރޗް 2026 (ބުރާސްފަތި)   17:25
އެމެެރިކާއާއެކީގައި ދެ ފަހަރެއްގެ މަތިން އިރާގުން ސުލްހައިގެ މަޝްވަރާތައް ކުރަމުންދަނިކޮށް ވެސް ހިޔާނާތްތެރިވި އެމެެރިކާއާއެކީ ސުލްހަވެރިވާން އިރާނުން ދެން ބޭނުން ނުވާ ކަމަށް އެ ގައުމުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣައީ އާ ހަވާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ބަޣައީ ވިދާޅުވީ، ސުލްހައިގެ މަޝްވަރާތައް، އިރާނާއި އެމެރިކާއާ ދެމެދު ކުރިއަށް ނުދާ ކަމަށާ، މީގެކުރިން ނިއުކްލިއާ ހަތިޔާރާ ބެހޭ މަޝްވަރާ ތައް ކުރިއަށް ގެންދިޔަ ދެފަހަރުވެސް އެމެރިކާއިން ޑިޕްލޮމަސީއަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ.

"9 މަސް ތެރޭ ދެ ފަހަރެއްގެ މަތިން އެމެރިކާ އިރާނަށް ހަމަލާދީފި. ދެ ފަހަރު ވެސް އެއީ ނިއުކްލިޔާ ހަތިޔާރާ ބެހޭ މަޝްވަރާތައް ކުރިއަށް ދަނިކޮށް. އެ ހިޔާނާތަކީ އެއީ ޑިޕްލޮމަސީއަށްވި ހިޔާނާތެއް." - އިސްމާއީލް ބަޣައީ

އެމެރިކާއާއެކީ އިރާނުން ސުލްހައިގެ މަޝްވަރާތައް ނުކުރާ ކަމަށް އިރާނުގެ އިސްވެރިން ފާހަގަކުރަމުން އައި ކަމުގައިވިޔަސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ބުނި ގޮތުގައި މަޝްވަރާ ކުރާ ކަމަށް އެއްބަސްވާން އިރާނުން ފަސްޖެހެނީ އެވެ.

ކޮމެންޓް