ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، އާދަމް އާޒިމްގެ ކެމްޕޭނު ޖަލްސާގައި.-
އާދަމް އާޒިމަކީ ނިކަން މުރާލި ބޭފުޅެއް، އެކަން އަހަންނަށް ޔަގީން: މެންބަރު ކުޑޫ
28 މާރޗް 2026 (ހޮނިހިރު)   06:13
މާލޭގެ މޭޔަރު ކަމުގެ މަގާމަށް ވާދަކުރައްވާ އާދަމް އާޒިމް އަކީ ނިކަން މުރާލި ބޭފުޅެއް ކަމަށާއި، އެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން ގަލޮޅު ސިޓީޕާކް ކަންމަތީގައި ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުޑޫ ވިދާޅުވީ، މިހާރުގެ މޭޔަރު އާދަމް އާޒިމްގެ މަސައްކަތްތެރިކަމާއި ހީވާގީކަން ފެންނަން އެބައޮތް ކަމަށެވެ. އަދި މާލޭގެ ތަރައްގީއަށްޓަކައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ބަލައިގަންނަންޖެހޭ ކަންވެސް ކުޑޫ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް އޭޕްރިލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި ހުރިހާ ރައްޔިތުންވެސް ނިކުމެ އާދަމް އާޒިމް މޭޔަރު ކަމަށް ހޮވައިދެއްވުމަށް ކުޑޫ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ޖަލްސާގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް