
އިލެކްޝަންސް ކޮމިޝަން ގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީން ކާމިޔާބު ކުރީ ދަޑިމަގު ދާއިރާގެ ގޮނޑިއެވެ. ޕީއެންސީ ޓިކެޓުގައި ކުރިމަތިލެއްވި އައިޝަތު އަބްދުލްގާދިރަށް 483 ވޯޓު ލިބިވަޑައިގެންނެވި އިރު، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު ޝީޒާ އިބްރާހިމަށް ލިބިފައިވަނީ 482 ވޯޓެވެ.
މި ދާއިރާގެ ހުރިހާ ވޯޓު ފޮއްޓެއްގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިހާރު އާންމުކޮށްފައި ވާއިރު، ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ ފަރަގަކީ އެންމެ ވޯޓެކެވެ.
އައިޝަތު އަބްދުލްގާދިރަކީ މިހާރު ވެސް ދަޑިމަގު ކައުންސިލް މެމްބަރަކަށް ހުންނެވި ކައުންސިލަރެވެ.
ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ފުވައްމުލައް ސިޓީ މޭޔަރު ކަމާއި އެ ސިޓީގެ 8 ދާއިރާގެ ތެރެއިން 7 ދާއިރާއަށް ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
އޭގެ އިތުރުން އަންހެނުންގެ ކޮމެޓީގެ 9 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް 7 ގޮނޑި ލިބުނުއިރު، ޕީއެންސީ އަށާއި އަމިއްލަ ކެންޑިޑޭޓަކަށް ވަނީ 1 ގޮނޑި ކާމިޔާބުވެފަ އެވެ.




