
އެރިކާއިން ދިން ސުންގަޑި ރާއްޖޭ ގަޑިން ރޭ ފަތިހު ފަހެއް ޖެހުމާ ހަމައަށް ހަމަވެފައި ވާއިރު، ހަމަލާތައް މަޑުޖައްސާލުމަށް ޓްރަމްޕް ނިންމީ ކަނޑައެޅި ސުންގަޑި ހަމަވާން ކުޑަތަން ވެފައި ވަނިކޮށް ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެއެވެ.
އީރާނަށް ބޮން އެޅުމާއި ހަމަލާދިނުން ދެ ހަފުތާގެ މުއްދަތަކަށް މެދުކަނޑާލުމަށް ޓްރަމްޕް އެއްބަސްވީ، އީރާނުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ޝަރުތުކޮށްފައިކަމަށް ޓްރަމްޕްގެ ތަރުޖަމާނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އީރާނުން މިކަމާ ގުޅިގެން ރޭ ބުނެފައިވަނީ، އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކާ ގުޅިގެން މަސައްކަތްކުރާ އުޅަނދުފަހަރަށް ކުރިއަށް އޮތް ދެ ހަފުތާގައި ހޮރްމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ދޭނެ ކަމަށާ، އީރާނަށް ހަމަލާއެއް ނުދޭހާ ހިނދަކު އެ ގައުމުން ކުރިއަށްގެންދާ އަސްކަރީ ހަމަލާތައް ވެސް ހުއްޓާލާނެ ކަމަށެވެ.
މި އެއްބަސްވުމާއެކު މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ނުތަނަވަސްކަމަށް ވަގުތީ ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް މަސްރަހު ދިރާސާކުރައްވާ ފަރާތްތަކުން ބުނެއެވެ.




