
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާނެކަން އިއުލާނު ވެސް ކުރައްވާފައިވާ މީކާއިލް މިފަދައިން ވިދާޅުވީ، މީސްމީޑިއާގައި، މިއަދު އާންމު ކުރެއްވި ވީޑީއޯއެއްގައެވެ.
މީކާއިލް ވިދާޅުވީ 2028 ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ގެއްލިފައިވާ އިތުބާރު، އެމްޑީޕީން އަނބުރާ ހޯދަންޖެހޭ ކަމަށާ، އެކަން އެމަގުން ކުރެވޭނީ، އާންމު މެންބަރުންގެ މަސްލަހަތު އިސްކޮށްދޭނެ ފަރާތެއް ޕާޓީގެ ހުންގާނާ ހަވާލުވެގެންކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ކުރިން ފުރުއްވަމުން ގެންދެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ މަގާމުން އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ކުރިމަތިލައްވާނެކަން މިދިޔަ ނޮމެމްބަރު މަހު މީކާއީލް އިއުލާނު ކުރެއްވިއެވެ.
ފައްޔާޒް މަގާމުން އިސްތިއުފާ ދެއްވީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.
ރައްޔިތުންގެ މަޖިލީހަށް ދެވަނަ ދައުރަކަށް 2024 ގައި އިންތިހާބުވި އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެންބަރުންގެ ތެރެއިން މީކާއިލްއަކީ އެކަކެވެ. މީގެ އެއް އަހަރު ކުރިން އޮތް މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ވެސް މީކާއިލް ވަނީ ދިފާއުކުރައްވާފައެވެ.




