
ޕީއެންއެފުން ރޭ ބޭއްވި ޓައުންހޯލް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ނިމިދިޔަ ލޯކަލް ކައުންސިލު އިންތިހާބަށް ފަހު، އިދިކޮޅު އެމްޑީޕީ މިއަދު އޮތީ ރައީސް މުއިއްޒުގެ ސަރުކާރު ޒިންމާދާރުކުރުވޭނެ ހިސާބެއްގައިކަމަށް ވާއިރު، ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދޭންޖެހޭ ކަމަށެވެ.
ޔާމީން ވިދަޅުވީ، ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ދިނުމުން ވެސް ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، ރައްޔިތުންގެ މަސްލަހަތުގައި ކުރި އެއްވެސް ކަމެއް ނެތް ހިނދު، ޕީއެންސީއަށް ކައުންސިލްތަކުގެ އަގުލަބިއްޔަތު ދިންނަމަ، ރައްޔިތުން މާ ނިކަމެތިވާނެ ކަމަށެވެ. އަދި ޕީއެންސީއަށް ކައުންސިލުތައް ނުދިނުމަށް ރައްޔިތުންނަށް ގޮވާލެއްވީ އެ ސަބަބާ ހެދި ކަމަށެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރު ޖެނެރަލުގެ އޮފީހާއި ކޯޓުތަކުގައި ތާށިވެފައި ހުރި ބައިވަރު މައްސަލަތައް ހައްލުކުރުމާއި، މި ސަރުކާރާ ހެދި އަގުޅިޖެހިފައިވާ ތަންތަން ނިއުޅައިލުމުގެ ބާރު ވެސް ރައްޔިތުން ދިނީ އެމްޑީޕީއަށް ކަމަށް، ރޭގެ ޖަލްސާގައި ޔާމީން ވަނީ ވިދާޅުވެފައެވެ.




