އޭއައި އިން އުފައްދާފައިވާ ތަސްވީރެއް.--
ބަލި ގަބޫލުކުރުން
މުހައްމަދު ހަލީމް 13 އޭޕްރީލް 2026 (ހޯމަ)   08:30
ބަލިވުމަކީ ތިމާގެ މައްޗަށް އެހެން މީހަކު ކާމިޔާބު ހޯދުމެވެ. މިއީ ދިރިއުޅުމުގައި ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނޭ ކަމެކެވެ. މިހާލަތު ކުރިމަތިވެއްޖެނަމަ، ބަލިގަބޫލުކޮށް އެކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަކީ ބުއްދިވެރި ކަމެކެވެ.

ބަލި ގަބޫލުކުރުމަކީ ކޮބާ؟
ބަލި ގަބޫލުކުރުމަކީ ކުރިމަތިވާ ނާކިޔާބީއެއް މެޗުއަކޮށް ގަބޫލުކުރުމެވެ. އަދި ވިސްނުމާއި، އުނގެނުމާއި، ހަކަތަ އާ ލަނޑުދަނޑިތަކާ ދިމާއަށް ގެންދިއުމަށް ފުރުސަތު ހުޅުވާލުމެވެ. އެއީ ނާކާމިޔާބީއަކީ ފިލާވަޅެއް ނުވަތަ އިބުރަތަކަށް ބަދަލުކޮށްލުމެވެ. އަދި ތިމާގެ ކިބައިގައި ކެތްތެރިކަން އުފައްދައި، ބީވެދިޔަ ކަމެއްގެ މާޔޫސްކަމުން މިނިވަންކޮށްދޭ ކަމެކެވެ. ބަލި ޝަރަފުވެރިކަމާއެކު ގަބޫލުކުރުމަކީ ޖަޒުބާތީ ގޮތުން ނަފުސަށް ފުރިހަމަކަން ގެނެސްދޭ ކަމެކެވެ. ގިނަ ފަހަރަށް ވަގުތީ ގޮތުން ކުރިމަތިވާ ނާކާމިޔާބީއެއް ކުރިއަށް އޮތް ކާމިޔާބީއަކަށް ބަދަލުވެގެންދާނެ ސަބަބެކެވެ.

ނާކާމިޔާބީ ޝަރަފުވެރިކަމާއެކު ބަލައިގަތުމުގެ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ؛

ނަފްސާނީ އަދި ޖަޒުބާތީ އަސަރު: އިންތިހާބުތަކުގައި ނާކާމިޔާބުވާ ކެނޑިޑޭޓުންނަށް ނަފުސާދީ އަދި ޖަޒުބާތީ އަސަރު (Psychological and Emotional Impact) ކުމަކީ ވަރަށް ގިނައިން ހިނގާ ކަމެކެވެ. ގިނަ ފަހަރަށް ކެންޑިޑޭޓުންނަށް ޖަޒުބާތީ ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ. އޭގެ ތެރޭގައި ޓްރޮމާ، ބާންއައުޓް، އަދި އަމިއްލައަށް ކުރިމަތިވާ ނިކަމެތިކަމާއި، ވަރުބަލިކަން ހިމެނެއެވެ.

އިމޯޝަނަލް ރެގިއުލޭޝަން: މާޔޫސްކަމުގެ އިހުސާސްތަކަކީ ތަބައީގޮތުން ކޮންމެ މީހަކަށްވެސް ކުރިމަތިވާ ކަމެކެވެ. މި މާޔޫސްކަމުގެ ސަބަބުން މުޅިހަޔާތް އެކަމެއްގެ މައްޗަށް ގުރުބާންވުމަށް ފުރުސަތު ދީގެން ނުވާނެއެވެ.

ގެއްލުން ރީ-ފުރޭމްކުރުން: ކަމެއްގައި ކުރިމަތިވާ ނަތީޖާއަކީ އެންމެ ފަހުގެ ނާކާމިޔާބީއެއް ނޫނެވެ.އެއީ ހަޔާތުގައި ކޮންމެހެން ކަންކަން އުނގެނި ދަސްކޮށް، ފިޅާވަޅު ހާސިލުކުރަން ބޭނުންވާ ތަޖުރިބާއެކެވެ. ކިއެއްތަ؟ އެއީ ކާމިޔާބަށް ވާސިލުވުމަށް އަޅާ ފިޔަވަޅެކެވެ.

ޒިންމާ އުފުލުން: ނާކާމިޔާބީގެ ތުހުމަތު ކައިރީގައިވާ މީހުނާއި، ބޭރުފުށުގެ ކަންތައްތަކުގެ މައްޗަށް ނުކުރާށެވެ. ތުހުމަތު އަދި ސަލްބީ (ނެގެޓިވް) ކަންކަމަށް ފޯކަސްކުރުމާ ދުރުހެލިވެ، ކުރިމަތިވި ނާކިޔާބީގެ ޒިންމާ އަމިއްލައަށް ނަގާށެވެ.

ކުރިއަށް ދިއުން: މާޒީގައި ކުރިމަތިވި ނާކާމިޔާބީއަކީ ކާމިޔާބު ހާސިލުކުރުމަށް ފަށައި ދަތުރެއްކަމުގައި ހަދައި، ކުރިއަށް ފިޔަވަޅު އަޅަން ފަށާށެވެ. އަދި އީޖާބީ ކަންކަމަށް ފޯކަސް ކުރާށެވެ.

"ބަލި" އާއި "ބަލިވުން" ވަކިކުރުން: ބަލި ނުވަތަ ނާކާމިޔާބަކީ ވަގުތީ ނަތީޖާއެކެވެ؛ "ބަލިވުން" އަކީ ސިކުނޑިއަށް ނުވަތަ ހަށިގަނޑަށް ދިމާވާ ހާލަތެކެވެ. އެހެންކަމުން، ނަފުސު ހޭލައްވާލައި ކުރިމަތިވި ނާކާމިޔާބާއެކު މާޔޫސްކަމުގެ ވޭނާއި ހިތާމައިގައި ބަލިމީހަކަށް ނުވާށެވެ.

ބަލި ގަބޫލުކުރުމަކީ ބަލިކަށިކަމުގެ ނިޝާނެއް ނޫނެވެ؛ އޭގެ ބަދަލުގައި އެއީ ވަރުގަދަކަމާއި ޖަޒުބާތީ ބުއްދިވެރިކަމުގެ ނިޝާނެކެވެ. ފަރުދެއްގެ ކަރާމާތާއި، އުއްމީދުތައް ހާސިލުކުރުމަށްޓަކައި ކުރިއަށް ހުރި ގޮންޖެހުންތަކަށް ތައްޔާރުވުމަށް ފުރުސަތު ހުޅުވިގެންދާ ކަމެކެވެ.

ސިޔާސީ ބަލިވުން
ސިޔާސީ ބަލިވުމަކީ ކެނޑިޑޭޓެއް، ޕާޓީއެއް ނުވަތަ ސަރުކާރަކަށް ކުރިމަތިވާ ނާކާމިޔާބީއެވެ. މިގޮތުން، ކުރިމަތިވާ ނާކިޔާބަކީ އަމާޒުތައް ހާސިލުކުރުމަށް އެޅިގެންދާ ހުރަހެކެވެ. އަދި ސިޔާސީ ކެރިއަރުގައި ކުރިއަށް ދިޔުމަށް  ބުރާއަރާ ކަމެކެވެ.

ސިޔާސީކަންކަމުގައި ބަލިވުމުގެ ނުވަތަ ނާކާމިޔާބީއާއި  ގުޅިގެން ކުރިމަތިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި؛

އިންތިހާބުގައި ބަލިވުން: އިންތިހާބުތަކުގައި ބަލިވުމަކީ އެފަރާތެއްގެ ސިޔާސަތުތަކަށް ރައްޔިތުން ތާއީދު ނުކުރާކަން ދަލާލަތު ކުރާކަމެކެވެ. އެހެންކަމުން، އިންތިހާބުތަކުން ބަލިވުމަށްފަހު ނުވަތަ ނާކާމިޔާބު ވުމަށްފަހު ޑިމޮކްރެޓިކް ހަމަޖެހުން ނުވަތަ ޕްރޮރެސް ގާއިމުކުރުމަށްޓަކައި ރައްޔިތުން އިހުތިޔާރުކުރި ގޮތަށް ރުހި، ބަލިވި ފަރާތުން އެކަން ގަބޫލުކުރަންވާނެއެވެ.

ސަރުކާރު ބަލިވުން: ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ހުށަހެޅުންތަކާއި، ފޮނުވާ ބިލުތައް މަޖިލީހުން ފާސްކުރުމަށް ބޭނުންވާ އަގުލަބިއްޔަތު ހޯދުމަގައި ސަރުކާރު ނާކާނިޔާބު ވުމަކީ އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯޑްސް ފަދަ ގާނޫނު ހަދާ މަޖިލިސްތަކުގައި ހިނގާ ވަރަށް އާންމު ކަމެކެވެ.

އިންސްޓިޓިއުޝަނަލް ޝިފްޓް: މިކަމަކީ ޕާޓީގެ ސްޓްރެޓެޖީއަށް ބަދަލުތަކެއް ގެނައުމަށާއި، ލީޑަޝިޕަށް ހެޔޮބަދަލުތައް ގެނައުމަށާއި، ނުވަތަ ޕާޓީގެ ފިކުރު އަލުން ވަޒަންކުރުމަށް މަގުފަހިކޮށައިދޭ ޗާޓެކެވެ.

ސްޓްރަކްޗަރަލް ޑިސިންޓެގްރޭޝަން: ސިޔާސީ ފަރާތްތައް ނާކާމިޔާބާއި ކުރިމަތިވުމުގައި ޕާޓީތަކުގެ އިންފްރާސްޓްރަކްޗަރ ބަލިކަށިވުން، ސަރުކާރުގެ އިސްމަގާމުތަކުގައި ތިބޭ މީހުންގެ މަގުބޫލުކަންނެތުން، ދައުލަތުގެ ނުވަތަ ސަރުކާރުގެ އެތެރެ ރޫޅިފައި އޮތުން ހިމެނެއެވެ.

ސިޔާސީ ނާކާމިޔާބީގެ ރައްދު
ރީ-ކެލިބްރޭޝަން: އިންތިހާބުތައް ނާކާމިޔާބު ވުމަކީ ޑިމޮކްރެޓިކު އުސޫލުތައް ހިންގައި ތަންފީޒުކުރުމަށް އެޅިގެންދާ ހުރަހަކަށް ވެގެން ނުވާނެއެވެ. އޭގެ ބަދަލުގައި ނާކިޔާބީ ފަރާތްތަކުން މިފުރުސަތުގެ ބޭނުން ހިފަންވާނީ ރީ-އޮގަނައިޒުކޮށް އަލުން އެބުރިއައުމަށް ލިބޭ ފުރުސަތެއްތެ ގޮތުގައެވެ.

ކޯލިޝަން ބިލްޑިން: އިންތިހާބު ނާކާމިޔާބުވުމަށްފަހު އާންމު ސްޓްރެޓެޖީއަކީ ކުރީގެ އިދިކޮޅު ފަރާތްތަކާއި ނުވަތަ ނިއުޓްރަލް ޕާޓީތަކާގުޅި ކުރިއަށް އޮތް އިންތިހާބުތައް ކާމިޔާބުކުރެވޭވަރުގެ ކޯލިޝަނެއް ނުވަތަ ގުޅުމެއް އުފެއްދުމެވެ.

ސްޓްރެޓެޖިކް ލޮސިން: ބައެއް ތިއަރީ މޮޑެލްތަކުގައި ޕާޓީތަކުން ގެންގުޅޭ ރައްޔިތުން ނުރުހޭ ރެޑިކަލް ސިޔާސަތުތައް ދޫކޮށްލުމަކީ، ޕާޓީއަށް ކުރިމަތިވާ ކުރުމުއްދަތެއްގެ ގެއްލުމެކެވެ. ނަމަވެސް ވޯޓުލާ މީހުންގެ އިސްކަންދޭ ގޮތަށް ޕާޓީގެ އަމާޒާއި ސިޔާސަތު ބަދަލުކުރުމަކީ ދިގުމުއްދަތެއްގައި ޕާޓީއެއް ފައިދާ ލިބިގެންދާނެ ކަމެކެވެ.  

ބަލި ގަބޫލުކުރުމަކީ ތިމާގެ ބަލިކަށިކަމުގެ ނިޝާނެއް ނޫނެވެ؛ އޭގެ ބަދަލުގައި އެއީ ތިމާގެ އަޒުމު ވަރުގަދަކަމާއި، ތޫނުފިލިކަމާއި، ބުއްދިވެރިކަމުގެ ނިޝާނެކެވެ. އަދި ތިމާގެ ކަރާމާތް ދެމެހެއްޓުމަށާއި، ކުރިއަށް އޮތް ގޮންޖެހުންތަކަށް ތައްޔާރުވުމުގެ ފުރުސަތު ފަހިވެގެންދާ ކަމެކެވެ.

ކޮމެންޓް