ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ތެރެއިން.- ފޮޓޯ: އިމިގްރޭޝަން
ޖުވާ ކުޅުމާއި މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓުކުރަނީ
ހަސަން އިބްރާހީމް 17 އޭޕްރީލް 2026 (ހުކުރު)   23:49
ޖުވާ ކުޅުމާއި މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގިނަ އަދަދެއްގެ ބިދޭސީންތަކެއް ހައްޔަރުކޮށް، ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުން ފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އެފަދަ ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ޖުމްލަ 38 ފިރިހެނުން ކަމަށާއި އެމީހުން، އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ޑީޕޯޓުކުރުމަށްޓަކައި، މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް